ads
އިމްތިޔާޒު ފަހްމީ--
އަނގަ ބަހުން ރައްދު ދިނުމަކީ ހަމަލާއަކަށް ވާނެތޯ އިންތި ސުވާލު އުފައްދަވައިފި
އަނގަ ބަހުން ރައްދު ދިނުމަކީ ހަމަލާއަކަށް ވާނެތޯ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުވާލު އުފައްދަވައިފި އެވެ.

ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުން މިއަދު ހެނދުނު ކަސްރަތަށް ވަޑައިގެން އުޅުއްވަނިކޮން މީހަކު ހަޑި ހުތުުރު ބަހުން ވާހަކަ ދެއްކި މައްސަލައަކާ ގުޅިގެން ޑރ. ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަމެއް ހިނގާފައި ވަނީ އެމްއެންޑީއެފްގެ ސެކިއުރިޓީން ވެސް ތިއްބާ ކަމަށާއި އެކަން ވަގުތުން ފުލުހުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ. 

އެ ހާދިސާއާ ކުށްވެރިކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވާ އިމްތިޔާޒު ވަނީ ރައީސް ވަހީދުގެ ވެރިކަމުގައި ޖިސްމާނީ އަނިޔާ ލިބިފައިވާ ރައްޔިތަކު އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގަތް ފަހުން ދިމާވި ދުވަހު އަނގަ ބަހުން ރައްދު ދިނުމަކީ ހަމަލާއަކަށްވާނެތޯ ސުވާލު އުފައްދަވާފަ އެވެ. 

ޑރ. ވަހީދުގެ ދެ ކަނބަލުންނަށް ހަމަލާ ދިނީ އެމްޑީޕީއަށް ނިސްބަތްވާ އެކްޓެވިސްޓެއްކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވަ އެވެ. އެ ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފޯނުން ގުޅުއްވާ އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާލައްވާފަ އެވެ.

އޭގެ އިތުުރުން ވެސް އެ ހާދިސާ ގިނަ ބަޔަކު ކުށްވެރިކުރަމުން އަންނައިރު ރާއްޖޭގެ ރައީސްކަން ކުރެއްވި ފަރާތަކަށް ލިބެންޖެހޭ ރައްކާތެރިކަން ޑރ. ވަހީދަށް ވެސް ލިބެންގެން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 7:07 ގައި ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ވެސް އަންނަ ކަމަށް ފުލުހުން ބުނެ އެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް