ads
ޕާކިސްތާނުގެ ކުރީގެ ތަރި އަފްރީދީ
އަފްރީދީ ކޮވިޑަށް ޕޮސިޓިވް ވެއްޖެ
ޕާކިސްތާންގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝަހީދު އަފްރީދީ ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އޭނާ ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައެވެ.

ދުނިޔޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ކުރިން ހިމެނުނު އަފްރީދީ ކުރި ޓްވީޓުގައި ބުނެފައިވަނީ، އޭނާ ހުސްވި ހަފުތާއިން ފެށިގެން ބަލިވެ އުޅޭ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކޮވިޑަށް ޓެސްޓް ކުރުމުން އޭނާ ޕޮސިޓިވްވެފައިވާކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ. ޕާކިސްތާނުގެ ކުރީގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ އަފްރީދީ، ކްރިކެޓް ކުޅުން ހުއްޓާލާފައިވަނީ ދެހާސް އަށާރަވަނަ އަހަރު އެވެ. ޕާކިސްތާނުގެ ކެޕްޓަންކަންވެސް ކުރިން ކުރި އަފްރީދީއަކީ، ދެހާސް ނުވަވަނަ އަހަރު އައިސީސީ ޓްވެންޓީ ޓްވެންޓީ ވޯލްޑްކަޕް ކާމިޔާބުކުރި ކުޅުންތެރިއެކެވެ.

ޕާކިސްތާނުގައި ހަލުއި ކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު އެ ގައުމުގައި ދޮޅު ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ޕޮސިޓީވްވެފައިވެއެވެ. އަދި ދެހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް