ads
ނުޝްރަތު---
ނުޝްރަތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދޭ
ބޮލީވުޑުގެ އެކްޓަރެސް ނުޝްރަތް ބަރޫޗާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ބޮލީވުޑުގެ އެކްޓަރެސް ނުޝްރަތް ބަރޫޗާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ނުޝްރަތު ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ "ދަ ސަން ސިޔާމް އިރު ފުށި މޯލްޑިވްސް" ރިސޯޓުގައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތް އިންސްޓަގުރާމު މެދުވެރިކޮށް ނުސްރަތު ހިއްސާކުރަމުން އަންނަ އިރު އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ނުޝްރަތު ރާއްޖެ އައިސްފައިވަނީ އޭނާގެ ރަހުމަތްތެރިއަކާ އެކުގައެވެ.

ނުޝްރަތު އެންމެ ފަހުން ފެނިގެން ދިޔައީ "ޑްރީމް ގާލް" އިންނެވެ. އެފިލްމަށް ބޮޑު ތަރުހީބެއް ލިބުނު އިރު އެފިލްމުގައި ނުޝްރަތު އާއެކު ފެނިގެންދިޔައީ އަޔުޝްމަން ކުރާނާ އެވެ.

"ސޯނު ކެ ޓީޓޫ ކި ސުވިޓީ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ނުޝްރަތު ދެން އެންމެ އަވަހަށް ފެނިގެންދާނީ ހަންސަލް ޑައިރެކްޓު ކުރާ ފިލްމު "ތުއްރާމް ހާން" އިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް