ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ދޮގު އިލްޒާމު އެޅުވި ވީޑިއޯގެ ތަހުގީގު ނުކުރުމަށް އެެދެން: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ، އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އިންޓަވިއު ދިން މައްސަލަ ނުބެލުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވައި ވީޑިއޯއެއް ތައްޔާރުކުރި މައްސަލައެއް ފުލުހަށް ހުށަހަޅަން ނިންމާފަ އެވެ.

މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ އެ ވީޑިއޯ އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް އާންމުކުރީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށައި އެހެންކަމުން އެ މައްސަލަ މިނިސްޓަރު އިމްރާން، ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އެންމެ ފުރިހަމައަށް ތަހުގީގުކުރެވޭނެ ކަމަށް ގަބޫލުކުރައްވާތޯ ސުވާލުކޮށްފަ އެވެ. 

އެކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެ މައްސަލަ، އިމްރާން މިނިސްޓަރު ކަމުގައި ހުންނަވައިގެން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނަށް 100 އިންސައްތަ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. 

"ފުުލުހުންގެ ގާނޫނު ވެސް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ. އަދި ޝެއިހް އިމްރާން މިހާރު އެ ހުންނަވަނީ މިނިސްޓަރަކަށް. އެހެންވީމަ އެބޭފުޅާގެ މިނިސްޓަރު ކަމުގެ އަހްލާގާއި އެބޭފުޅާގެ މިނިސްޓަރު ކަމުގެ ގާބިލުކަން، މިކަންކަމަކީ ދުވަހަކު ވެސް އަޅުގަނޑަށް އޮޅިފައި އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭއިރު އެމަނިކުފާނަށް ނިސްބަތްކޮށް ގޮވާ އެއްޗެހި ވަކި މަދު ނުވާނެ ކަމަށާއި އެކަމަކު އެކަމާއި ކަންބޮޑު ނުވާ ކަމަށެވެ. އަދި އެ ވީޑިއޯގެ ތަހުގީގު ނުކުރުމަކީ ވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ވިދާޅުވި އެވެ. 

"ދެން އެ ވީޑިއޯ ތަހުގީގު ހަގީގަތުގައި ނުކުރުމަށް އަޅުގަނޑު އެދެނީ. ދެން އަޅުގަނޑަށް މައްސަލައެއް ނެތޭ މީހަކު އަޅުގަނޑާ ދިމާލަށް އެއްޗެއް އެހެން ބުނެލިޔެއް ކަމަކު. އެއީކީއެއް އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން. އަދި އަޅުގަނޑުމެން މި މާލޭ މަގުމަތީ ރާއްޖޭ މަގުތަކުގައި މި ހިނގާބިނގާވެ އުޅެނީ އަބަދުމެ. ގޮވާކަށް އެއްޗެއްސެއް މަދެއް ނޫނެއްނޫންތޯ. އެކަމަކު އެކަމަކައިގެން އަޅުގަނޑު ދެފައި އެއްތާ ނުޖެހިގެނެއް ނޫޅެން،"

ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 17 ގައި ބުނީ ރައީސް، ނަޝީދު، ކީރިތި ރަސޫލާއާމެދު އިހާނެތި ބަސްބުނެފައިވާކަމުގެ ދޮގު އިލްޒާމް އަޅުވައި، ރ. އަނގޮޅިތީމު ޖީޒާގޭ އަލީ އިބްރާހީމް ދައްކާފައިވާ ދޮގު އިލްޒާމުތައް ތަހްގީގްކޮށް، އޭނާއާއި އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާމެދު ޖިނާއީ ދައުވާ ކޮށްދެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވުމަށް އެދިވަޑައިގެން، ޖިނާއީ މައްސަލަތައް ތަހްގީގުކުރުމަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅަން ނިންމި އެވެ. 

އެޑިޓަރުގެ ނޯޓް:

މި ހަބަރު މިވަނީ މިހާރު ރަނގަޅު ކުރެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް