ads
ފޮޓޯ: ޓްވިޓާ
ޕީޕީއެމް ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި ގައްސާން!
ރައީސް ޔާމީން ނެތި ޕީޕީއެމުން ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ކަމަށް ސީއެންއެމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް ޔާމީން ނެތި ޕީޕީއެމުން ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ކަމަށް ސީއެންއެމަށް މައުލޫމާތު ލިބިއްޖެއެވެ.

ސީއެންއެމަށް މައުލޫމާތި ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއަށް ޖަލު ހުކުމެއް އިއްވި އެމަނިކުފާނު އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ޕާޓީން އެމަނިކުފާނާއި ނުލައި ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ނައިބް ރައީސް ގައްސާން މައުމޫނު ކަމަށެވެ.

ޢައްސާން ރިޔާސަތުގައި އިންނަވައިގެން ކައުންސިލް ބައްދަލުވުމުން މިއަދު ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރާނެ ކަމަށް ނިއްމާފައެވެ.

އަދި އެގޮތަށް ނިއްމީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެޑައިގަތް މެމްބަރުންގެ އިއްތިފާގުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ޖުމްލަ 24 ކައުންސިލް މެމްބަރުން މި ބައްދަލުވުމުގައި ބައިވެރިވި ކަމަށާއި އެގޮތުން ކޯރަމް ހަމަވެ ގާނޫނީ ގޮތުން ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ މެމްބަރުން ވަނީ ހަމަވެފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަދި ބައްދަލުވުމުގައި ވަނީ ލޯކަލް ކައުންސިލްގެ ކަންތައްތައް ބެލުމަށްޓަކައި ވަކިން ހާއްސަ ކޮމެޓީއެއްވެސް އެކުލަވާލައިފައެވެ. އެގޮތުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްއާއި ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާންއާއި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ރަޝީދުގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

އަދި ކޮމެޓީ ވިލަރެސް ކުރެއްވުމަށްޓަކައި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަ ޖައްސާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަދި މިއަދު ވަނީ ޖޮއިންޓް ބައްދަލުވުމެއްވެސް ބާއްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ބައްދަލުވުމުގައި ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ވާދަ ކުރަން ނިއްމާފައިވަނީ ޕީޕިޢެމްގެ ނަމުގައި ކަމަށާއި އަދި ޕީއެންސީގައި ހިމެނޭ ބޭފުޅަކަށްވެސް އިންތިހާބުގައި ވާދަ ކުރެވޭނީ ޕީޕީއެމަށް ރަޖިސްޓްރީ ބަދަލުކޮށްގެން ކަމަށް ނިއްމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަދި މިކަމުގެ އިތުރު ތަފްސީލް މިރޭ އެ ކޯލިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނޭ ކަމަށްވެސް ބެލެވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް