ads
އެންމެ މަގުބޫލު ގޯލަކަށް ހޮވުނު ގޯލް
އޭއެފްސީ ކަޕުގެ އެންމެ މަގުބޫލު ގޯލަކަށް ނިއުރޭޑިއަންޓަށް ދަގަނޑޭ ޖެހި ގޯލެއް
އޭއެފްސީ ކަޕު ފުޓްބޯޅަ މުބާރާތުގެ އެންމެ މަގުބޫލު ސޯލޯ ގޯލަކަށް، ނިއުރޭޑިއަންޓުގައި 2013 ވަނަ އަހަރު ދަގަނޑޭ، އިންޑޮނީޝިޔާގެ ޕާސިބޯ ކޮޅަށް ޖެހި ގޯލް ހޮވިއްޖެ އެވެ.

ބަލްގޭރިއާގެ ވެލިޒާ ޕޮޕޯވްގެ އިރުޝާދުގެ ދަށުން ނިއުއަށް ކުޅުނު އިރު ދަގަނޑޭ ޖެހި އެ ގޯލް، އެންމެ މަގުބޫލު ގޯލަށް ހޮވުނީ އޭއެފްސީގެ ރަސްމީ ވެބްސައިޓުގައި ނެގި ޕޯލެއްގަ އެވެ.  

2013 ވަނަ އަހަރު، ނިއުއިން އޭއެފްސީ ކަޕުގައި އިންޑޮނީޝިޔާގައި އެ ގައުމުގެ ޕާސިބޯ އަތުން ހަތް ލަނޑުގެ ބޮޑު ތަފާތަކުން މޮޅިވި އެ މެޗުގައި ދަގަނޑޭ، އިދިކޮޅު ޓީމުގެ ތިން ކުޅުންތެރިން ފަސޭހަ ކަމާއި އެކު ބީޓްކޮށްލާ، އަދި ގޯލް ކީޕަރުގެ ބީޓް ކޮށްލުމަށްފަހު ޖެހި އެ ގޯލަށް އޭއެފްސީ ޕޯލްގެ 54 އިންސައްތަ ވޯޓް ލިބުނެވެ. ޕޯލްގެ ދެ ވަނަ އަށް ދިޔައީ 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ އިންޑިއާ ފޯވާޑް ބަލްވަތު ސިންގް ޖެހި ގޯލެވެ. އޭނާގެ ގޯލަށް 22 ޕަސެންޓް ވޯޓު ލިބުނެވެ.

2013 ވަނަ އަހަރު އޭއެފްސީ ކަޕުގައި 7-0 އިން ނިއުރޭޑިއަންޓް މޮޅުވި މެޗަކީ މިހާތަނަށް ދިވެހި ޓީމެއް ބައިނަލް އަގްވާމީ މެޗެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އެ މެޗުގައި ދަގަނޑޭވަނީ ފަސް ގޯލް ޖަހާފަ އެވެ.

އޭއެފްސީ ކަޕުގެ އެންމެ މަގުބޫލު ގޯލު ދަގަނޑޭގެ ގޯލަކަށް ލިބުނު އިރު، ދަގަނޑޭއަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. ދަގަނޑޭ ވަނީ އޭއެފްސީ ކަޕުގައި މިހާތަނަށް 29 ގޯލް ޖަހާފަ އެވެ. އޭގެ އިތުރުން ދަގަނޑޭއަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް