ads
މީހުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެެރެއިން--
ދުވަސްވީ ތިން މީހުންނަށް ޖިންސީ ގޯނާ ކުރި މީހާ ގޭބަންދަށް ބަދަލުކޮށްފި
މިދިޔަ މަހުގެ ފަހުކޮޅު އައްޑޫގައި ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މީހާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އައްޑޫގައި ދުވަސްވީ މީހަކު ރޭޕް ކުރަން އުޅުނު މީހާ ވަނީ އެކަން ކުރުމުގެ ކުރީ ދުވަހު ދުވަސްވީ ދެ މީހުންނަށް ޖިންސީ ގޯނާކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާ ޖިންސީ ގޯނާކޮށްފައި ވަނީ 66 އަހަރާއި 65 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އެމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.  

ފުލުހުން ބުނީ މިމަހުގެ 16 ވަނަ ދުވަހު، އެމީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ގޭބަންދަށް ބަދަލުކޮށްފައި ކަމަށެވެ. 

އެގޮތުން ކޯޓުގެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އަރިހުގައި ސިޓީއަކުން އެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް