ads
ކާށިދޫ
ހުއްދަ ލިބުމާއި އެކު "ޖާބިރު އެއާޕޯޓް" ގެ މަސައްކަތް ކާށިދޫގައި ފެށޭނެ: ޖާބިރު
ސަރުކާރުގެ ހުއްދަ ލިބުމާއި އެކު ކާށިދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށިގެން ދާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޖާބިރުގެ ހަރަދުގައި ކާށިދޫގައި އެއާޕޯޓެއް ތަރައްގީކުރުމުގެ ހުއްދައަށް އޭނާ ކާށިދޫ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. 

"ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ރައީސް އަބްދުﷲ ޖާބިރު ކާށިދޫގައި ގާއިމްކުރާ ޖާބިރު އެއާޕޯޓްގެ ކޮންސެޕްޓް އެޕްރޫވަލް އަށް ކާށިދޫ ކައުންސިލްއަށް ހުށަހަޅުއްވައިފި" ޑީއާރުޕީއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

ޖާބިރު ސީއެންއެމްއަށް އިތުރަށް މައުލޫމާތު ދެމުން ވިދާޅުވީ މިއީ އޭނާގެ ހަރަދުގައި ތަރައްގީ ކުރުމަށް ހުށަހެޅިގެން ދިޔަ ކޮންސެޕްޓެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދަވާނީ އޭނާގެ އަމިއްލަ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގައި އެވަރުގެ ގާބިލްކަން ހުންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެއާޕޯޓްގެ ފުރަތަމަ ފޭސް އެއޮތީ ވަރަށް ޕްރޮފެޝަނަލީ އެކަން އޮންނަން ވާގޮތަށް ކުރަހާފަ. ދެން އޭތި ސަރުކާރަށް މިހާރު ވާނީ ހުށަހަޅައިފަ. ސަރުކާރުން ހުއްދަ ދިންހާ އަވަހަކަށް މަސައްކަތް ފަށަންވީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ މަޖްލިސް އިންތިހާބުގައި އޭނާ ކާށިދޫގެ ރައްޔިތުންނަށް ވީ ވައުދެއް ކަމަށެވެ. އަދި މި މަސައްކަތް ކައުންސިލުން ބެލުމަށް ފަހު ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އެއާޕޯޓްގެ މަސައްކަތް ފެށިގެން ދިޔުމާއި އެކު ކާށިދޫގެ ރައްޔިތުން ވަރަށް އުފަލުން ތިބި ކަމަށެވެ. އަދި އެއާޕޯޓެއް ކާށިދޫގައި ތަރައްގީ ކުރެވިއްޖެ ނަމަ ވަރަށް ގިނަ ފަސޭހަތަކެއް އެރަށުގެ މީހުންނަށާއި ކައިރީގައި އޮތް ގާފަރުގައި ދިރިއުޅޭ މީހުންނަށް ވާނެކަމުގައި ޖާބިރު ވިދާޅުވިއެވެ.

ކާށިދުއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅާނެކަމަށްވެސް ނިމިގެންދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭންތެރޭގައި ޖާބިރު ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ޖާބިރު އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ވައިގެ މަގުން ދަތުރުފަތުރު ކުރުމުގެ ހިދުމަތް ފަހި ކުރުމަށްޓަައި ރާއްޖޭގެ ހުރިހާ ހިިސާބެއްގައިވެސް މިހާރު ދަނީ އެއާޕޯޓް ތަރައްގީ ކުރެވެމުންނެވެ. ކާށިދޫއަކީ އެއާޕޯޓެއް އެޅުމަށް ސަރުކާރުން ވިސްނާފައިވާ ރަށްތަކުގެ ލިސްޓުގެ ތެރޭގައި ހިމެނޭ ރަށެއްތޯ ސީއެންއެމްގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ސުވާލު ކުުރުމުން އެސުވާލަށް އެއިދާރާއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް