ads
އާސެނަލް - ބްރައިޓަން މެޗުގެ ތެރެއިން
ހިތްދަތި ގޮތަކަށް އާސެނަލް އަނެއްކާވެސް ބަލިވެއްޖެ!
ކޮވިޑާ ގުޅިގެން މެދު ކަނޑާލާފައި އޮތުމަށް ފަހު ޕްރިމިއަރ ލީގު އަލުން ފަށައިގެން، އާސެނަލް ކުޅުނު ދެވަނަ މެޗުންވެސް ހިތްދަތި ގޮތަކަށް ބަލިވެއްޖެވެ. ރޭ އާސެނަލް ބަލިވީ، ޓޭބަލުގެ ފަހަތުކޮޅުގައި އުޅޭ ބްރައިޓަން އަތުން 2-1 އިންނެވެ.

މެދު ކަނޑާލުމަށް ފަހު ލީގު އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗުން މެންޗެސްޓަރ ސިޓީއަތުން ބަލިވިތާ ހަފުތާއެއް ނުވަނީސް ރޭ އަނެއްކާ ބްރައިޓަން އަތް ދަށުވުމުން، އާސެނަލްއަށްވަނީ ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު ކުޑަވެފައެވެ. ޓޭބަލްގެ ހަތަރު ވަނަ މަގާމުގައި މި ވަގުތު ޗެލްސީ އޮތީ އާސެނަލްއަށްވުރެ މެޗު މަދުކޮށް ކުޅެއެވެ. އާސެނަލް އޮތީ ދިހަވަނައިގަ ސާޅީސް ޕޮއިންޓާ އެކުއެވެ. އެއީ ތިރީސް މެޗުންނެވެ. އާސެނަލް ހިތްދަތި ގޮތަކަށް ފަހު ވަގުތު ބަލިކޮށްލުމަކީ، ރެލިގޭޝަނުގެ ބިރުގައި އޮތް ބްރައިޓަން އަށް މުހިއްމު މޮޅެކެވެ. އެ ޓީމު އޮތީ 32 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.

ރޭގެ މެޗުގައި އާސެނަލްއަށް ފުރަތަމަ ކުރި ހޯދައިދިނީ ފަހު ހާފުގައި ނިކްލަސް ޕެޕޭ އެވެ. އޭގެ އިރުކޮޅެއް ފަހުން ބްރައިޓަނުން އެއްވަރުކުރީ ލެވިސް ޑަންކް ޖެހި ގޯލުންނެވެ. އެކެއް އެކަކުން އެއްވަރު ވެދާނެ ކަމަށް ބެލެވިފައިވަނިކޮށް ބްރައިޓަނަށް ތިން ޕޮއިންޓް ކަށަވަރުވީ އިތުރު ވަގުތުގެ ތެރޭގައި މޯޕޭ ޖެހި ގޯލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް