ads
ދަސްވެ ނިމުމުގެ ރަސްމިއްޔާތެއް - ފޮޓޯ: އެޑިޝަން
ފުރަތަމަ ޑިގްރީ ހިލޭ ކުރަން ގާނޫނުން ލާޒިމުކުރަނީ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި ގޮތަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭއިރު އެ ނިންމުމަށް ބަދަލެއް އައުމުގެ ކުރިން އެއީ ގާނޫނުން ލާޒިމުކުރާ ކަމަކަށް ހެދުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާ ބިލު ދިރާސާ ކުރުމުގެ ގޮތުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ ފުރަތަމަ ޑިގްރީގެ ހިލޭ ކިޔެވުމުގެ ޕްރޮގްރާމް ގާނޫނަކުން ލާޒިމު ކުރުމަށް ތައުލީމާއި ބެހޭ ބިލުގައި ހިމަނަން ކޮމިޓީގެ މެންބަރުން ބާރުއަޅުއްވާ ކަމަށެވެ.

" ސަރުކާރުން ވައުދެއް ގޮތުގައި އޮތަސް ފުރަތަމަ ޑިގްރީ ހިލޭ ދިނުންް ގާނޫނަށް އެބާ ލާންޖެހޭ. އެއީ ދެން އަންނަ ބަދަލަކާއި ގުޅިގެން އެއީ ނެތް އެއްޗަކަށް ވެގެން ގޮސްފިއްޔާމު ބައިވަރު ކުދިންތަކެއް މަގުމަތިވުން ކަހަލަ ކަމެއް ދިމާވެދާނެތީ،" އޭނާ ވިދާޅުވި އެވެ.

ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކޮށްދީ ދައުލަތުގެ ހަރަދުގައި ހިންގުން ގާނޫނަކުން ލާޒިމު ކުރުމުގެ ގޮތުން ތައުލީމުގެ ބިލުގައި އޭގެ ބާބެއް ހިމެނުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު މަޖިލީހުގައި ކުރިޔަށް ދިޔަ އެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރަތުން ވަނީޝަރުތުތަކާއި އެކު ފުރަތަމަ ޑިގްރީ ހިލޭ ކޮށްދިނުން ލާޒިމުކުރަން ފެންނަކަމަށް ބުނެފަ އެވެ. 

އެގޮތުން ޑިގްރީއަށް ފަހު ދައުލަތަށް ހިދުމަތް ކުރުމާއި، ފުރުސަތު ލިބޭނީ އެ ކަމަށް އެންމެ ބޭނުންޖެހިފައިވާ ދަށް އާމްދަނީގެ އާއިލާތަކުގެ ކުދިންނަށް ކަމަށް ކަނޑައެޅުމަށް ލަފާދެޔެވެ. އަދި އެ އިރެއްގައި އޮންނަ ގައުމީ ތަރައްގީގެ ސިޔާސަތުތަކަށް މުހިއްމު ކޯސްތައް ހިލޭ ކުރުން މުހިއްމު ކަމަށް ވެސް ގިނަ މެންބަރުންތަކެއް ދެކިވަޑައިގަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުގެ ދަށުން ފެށި ޕްރޮގްރާމްގައި މިހާރު ވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީއަށް އަންނަނީ ހިލޭ ކިޔަވަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް