ads
މޫނުމަތީގެ އޮމާކަން އޭރާއި މިހާރު
މޫނުމަތި އޮމާންކޮށް ބަހައްޓަން ބޭނުންނަމަ މިކަންތައް ކޮށްލާ
ކޮންމެ މީހެއްގެ ވެސް ހަޔާތުން ދުވަސް ވަރެއްގައި ހަންގަނޑަށް ބަދަލު އަންނާނެ އެވެ. ބައެއް މީހުންގެ މޫނު މައްޗަށް ބަދަލުތައް އަންނަން ފަށަނީ އުޅޭ މާހައުލުގެ ސަބަބުންނެވެ. ނޫންނަމަ އެމީހަކު ދުނިޔެވީ މަސައްކަތުގައި އުޅޭލެއް ބުރަކަމުން މޫނުމަތީގެ ތެޔޮކަމަށް އަޅާނުލާ ދޫކޮށްލެވޭތީ އެވެ. އެކަމުގެ ސަބަބުން މޫނުމަތީގައި ބިހި ނަގާ މޫނުމަތި ސިފަ ބަދަލުވެގެންދެ އެވެ. ލަކުނުތައް މޫނުގައި ގިނަވެ އެވެ.
Advertisement

އެހެންކަމުން، މި ބަލާލަނީ މޫނުމަތީގެ އޮމާންކަން އިތުރު ކުރުމަށް ގޭގައި ކުރެވިދާނެ ކަންތައްތަކަށެވެ.

ފުރަތަމަ ކަމަކަށް ނިދާ ހޭލުމަށް ފަހުގައާއި ނިދަން ދިޔުމުގެ ކުރިން ރަނގަޅަށް މޫނު ދޮވެލަން އާދަކުރާށެވެ. މިއީ މޫނުގައި ހުންނަ ތެޔޮކަން ފިލުވައިދޭނެ ކަމެކެވެ.

ދެވަނަ ކަމަށް މޫނު އޮމާން ކުރުމަށް ބާރުގަދަ ސްކްރަބްތައް ބޭނުން ކޮށްގެން މޫނު ދޮވުން ހުއްޓާލާށެވެ. ސްކަރަބް ބޭނުން ކުރާނަމަ ގިނަ ވެގެން ހަފްތާއަކު އެއް ދުވަހު ބޭނުން ކުރާށެވެ. އެއީ ގިނަ ސްކްރަބް ހަދާފައިވަނީ ބާރު ގަދަ މާއްދާތައް ހިމެނޭ ގޮތަށް ކަމުން ފަސޭހަކަމާއި އެކު ހަންގަނޑު ހަލާކުވެގެން ދާތީ އެވެ.

ތިންވަނަ ކަމަކަށް ހަމަ ނިދި ނިދާށެވެ. ނިންޖަކީ އިންސާނާއަށް އެންމެ މުހިންމު އެކައްޗެވެ. އިންސާނާގެ ހިތް ފިޔަވާ ހުރިހާ ގުނަވަނެއް އަރާމްކުރަން ވަގުތު ބޭނުންވެއެވެ. އެގޮތުން ހަމަ ނިދި ނުލިބޭނަމަ ހަންގަނޑު ދޫވެ ނިތްކުރިއަށް ރޫޖެހޭގޮތް ވެގެންދެ އެވެ.

ހަތަރު ވަނަ ކަމަކަށް ގަވާއިދުން ކޮންމެ ގަޑިއިރަކު މަދުވެގެން ފެން ތައްޓެއް ނުވަތަ ބައި ތަށި ފެން ބުއިމަށް ސަމާލުކަން ދޭށެވެ. އެއީ ފެން ބުއިމުން މޫނު މައްޗަށް ތާޒާކަން ގެނެސްދޭ ކަމަކަށް ވެސް ވާތީ އެވެ.

ފަސްވަނަ ކަމަކަށް ތަރުކާރީއާއި މޭވާގެ ބާވަތްތައް ގިނައިން ބޭނުން ކުރާށެވެ. އޭގެ ސަބަބުން ހަންގަނޑުގެ ކުލަ އަލިކޮށްދީ މޫނުމަތިީގެ އޮމާންކަން އިތުރުކޮށްދެ އެވެ. އެއީ އެބާވަތްތަކުން ހަންގަނޑަށް ލިބެންޖެހޭ މުހިންމު މިނަރަލްސްތަކާއި ނިއުޓްރިޝަންތައް ލިއްބާދޭނެތީ އެވެ.

މި ފަސް ކަމަށް ސަމާލުވެއްޖެ ނަމަ މޫނުމަތީގެ ތެޔޮކަން ފިލާ އިސާހިތަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫނުމަތި އޮމާންވެ ރީތިވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް