ads
ސިހުރު ހަދާ ތަކެތި
ވަގުތީ ލޯބި ހޯދަން މީހަކު ސިހުރު ހަދާކަން އެނގޭނީ ކިހިނެއް؟
ލޯބި ޖައްސާ ސިހުރު ނުވަތަ އަހަރެމެންގެ ބަހުން ބުނާނަމަ “އިސްތިރި” އަކީ ރާއްޖޭގައި ވަރަށް އާއްމު އެއްޗެކެވެ. މިހާރަކަށް އައިސް ހާއްސަކޮށް ޒުވާންކުދިން މިކަމުގެ އަވައިގައި ޖެހިފައި ވާއިރު ތިމާ ހިތާވާ ކުއްޖާ ގެއްލިއްޖެ ނަމަ، ނުވަތަ ތިމާގެ ހަޔާތުން ދުރުވެއްޖެނަމަ، އެގޮތް މިގޮތުންވެސް އަލުން އެކަން ހާސިލްކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަންޑިތަ ގަބޫލުނުކުރިޔަސް، ފަންޑިތަވެރިއަކާ ދިމާއަށް ދުއްވައިގަންނަ ކަމަށް ވެއެވެ.
Advertisement

މިގޮތުން ލޯބި ހޯދުމަށް ސިހުރު ހެދިކަން އިނގޭނީ ކިހިނެއް ހެއްޔެވެ؟ އިސްތިރި ޖެހުމުން މައިގަނޑުގޮތެއްގައި އިސްތިރި ޖެހޭ މީހާގެ ކިބައިން ފެންނަ އަލާމާތްތަކަކީ ކޮން އަލާމާތް ތަކެއް ހެއްޔެވެ؟

މިގޮތުން ފުރަތަމަ ކަމަކަށް ކުރިން އެހާ ލޯބި ނުވާ މީހެއް ދެކެ އާދަޔާ ހިލާފަށް މާބޮޑަށް ލޯބިވެ އެކަމުގައި ހައްދުފަހަނަ އަޅައިގެން ދާނެކަމަށް ވެ އެވެ. އަދި ހަމަ އެޔާ އެކު މީހާ ކައިރިއަށް ދާހިތްވެ އަބަދުވެސް ކައިރީ ހުންނަ ހިތްވާނެ ކަމަށް ވެ އެވެ. އަދި އެމީހަކު ފެނުމުން ހައްދުފަހަނަ އަޅާފައިވާފަދަ އިހުސާސެއް ވެވުން ވެސް ހިމެނެކަމަށް ވެ އެވެ.

ދެވަނަ ކަމަކަށް އާދަޔާ ހިލާފަށް ގިނައިން ބައެއް ކަންކަން ކުރާ ހިތްވާނެކަމަށް ވެ އެވެ. އަދި ހުވަފެނުގައި އެމީހަކު ގިނައިން ފެނި އެމީހާއަށް ހިތްކިޔާވަރުން ނުނިދޭގޮތްވެ އެމީހާ ކައިރިއަށް ދާން ބޭނުން ބޭނުން ވާނެކަމަށް ވެ އެވެ.

ތިން ވަނަ ކަމަކަށް ކޮންމެ ފަދަ ކަމެއް ކޮށްގެން ނަމަވެސް، އަދި ކޮންމެ ހާލެއްގައިވެސް އެމީހާ ބޭނުންވާނެއެވެ. އޭނާ ކިތަންމެ ނުބައި ކަމެއް ނުވަތަ ތިމާ ކިތައް މެ ނުރުހޭ ކަމެއް ކުރިކަމުގައިވިޔަސް އެކަމާ ނުރުހުން ނުވުމާއި އެކު އޭނާގެ ކިބައިން ތިމާއަށް ރަނގަޅުކަމެއް ނޫނީ ނުފެންނާނެކަމަށް ވެ އެވެ. އަދި އާދަޔާ ހިލާފަށް މެއަށް ނުވަތަ ހިތަށް ތަދުވުމަކީ ވެސް މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެ އެވެ.

މިއީ އަހަރެމެންގެ މުޖްތަމައުގައި އާންމު ކަމަކަށް ވާއިރު މިކަމެއްކަމަށް ބުނާއިރު އަހަރެމެން އެންމެންވެސް ސަމާލުވާން ވާނެއެވެ. އިސްތިރި ސިހުރު ޖެހިފައި ވާކަން ދެނެގަންނާނީ އަލާމާތްތަކާ މެދު ސުވާލު އުފެއްދުމަށް ފަހު، މި ދެންނެވި ކަންކަން ވާނަމަ ރުގިޔާ ކޮށްގެންނެވެ. 

ސިހުރު ހެދުމަކީ އެންމެ ބޮޑު 7 ފާފަތެރޭގައި ހިމެނޭ އެއް ފާފަ ކަމުގައި ވާއިރު ސިހުރު ހެދުން ވަނީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރެވިފައެވެ. 

ތިއީ އިސްތިރި ޖެހިފައިވާ މީހެއް ކަމަށް ޝައްކު ކުރެވޭނަމަ އަވަހަށް ރުގްޔާ ކުރާށެވެ. އަދި މިހެން ލޯބި ހޯދަން ސިހުރު ހަދާ މީހުންނަށް އޭގެ ހިތި އަވަސް މުސްތަގުބަލެއްގައި ފެންނާނެކަންވެސް ހަނދާން ބަހައްޓާށެވެ.

އެޑިޓަރުގެ ނޯޓް:

މިއީ މައިތިރި.ކޮމް ގައިވާ އާޓިލްއެއްގައިވާ މައުލޫމާތު ހިމަނައިގެން ޝާއިއު ކޮށްފައިވާ ލިޔުމެކެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް