ads
އޭޓީއެމްއެއް-- ފޮޓޯ: ބީއެމްއެލް--
ބީއެމްއެލުން ހަތަރު ރަށެއްގައި އޭޓީއެމް ބަހައްޓަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. ކެނދިކުޅުދޫ އާއި ކ. ގުރައިދޫ އަދި އއ. ތޮއްޑޫގެ އިތުރުން ތ. ތިމަރަފުށީގައި އޭޓީއެމް ބަހައްޓަން ނިންމައިފި އެވެ.

ބީއެމްއެލުން މިއަދު ބުނީ އެއީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައްތަކުގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމެއް ކަމަށެވެ. އެގޮތުން އެ ހަތަރު ރަށުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. 

ބީއެމްއެލުން ބުނާ ގޮތުގައި އެ ހަތަރު ރަށުގައި ބަހައްޓާ އޭޓީއެމްތަކަކީ އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ ގޮތަށް އަދި ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވޭ އޭޓީއެމްތަކެކެވެ. 

އެގޮތުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވީނަމަވެސް ބީއެމްއެލުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ތަނުގައި ރަށްތަކަށް އޭޓީއެމްތައް ގެންދިއުމަށެވެ. 

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަވިސް ބޭންކިން ސެންޓަރު، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް