ads
ކުރީގެ ރައީސް ވަހީދު--
އަޅުގަނޑުގެ ޓްވީޓުގައި މޯދީ އާއި ރާޖަޕަކްސަ ޓެގްކުރީ ގާތް ރައްޓެހިންނަށް ވީމަ: ރައީސް ވަހީދު
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހީމް ޖައުފަރު، ހަޑި ހުުތުރު ބަހުން މަގުމަތިން ދިމާކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމަށް ހިތްވަރުދޭ މޭރުމުން ވާހަކަ ދެއްކި މައްސަލައާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސާ ޓެގް ކުރެއްވީ އެއީ ގާތް ދެ ރަހުމަތްތެރިން ކަމަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވެފައި ވަނީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމަށް އެމަނިކުފާނު ހަމަޖެއްސެވުމަށް ފަހު، އެޕާޓީން މިހާރު ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. 

ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އެމަނިކުފާނަށް ނިސްބަތްކުރައްވާ ދެއްކެވިތަކަށް އަލިއަޅުވާލާ ލިޔެފައިވާ ލިޔުމެއް ޓްވީޓާ މެދުވެރިކޮށް ހިއްސާކުރައްވަމުން މިމަހުގެ 16 ވަނަ ދުވަހު، އެމަނިކުފާނު ވަނީ މޯދީގެ އިތުރުން ރާޖަޕަކްސަ، އެ ޓްވީޓުގައި ޓެގް ކުރައްވާފަ އެވެ.

އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ލިޔުމުގައި އެ ދެބޭފުޅުން ޓެގްކުރެއްވީ ކީއްވެތޯ ސުވާލުކުރުމުން ޑރ. ވަހީދު ވަނީ "އެ ދެބޭފުޅުންނަކީ އަޅުގަނޑުގެ ރަހުމަތްތެރިން ކަމަށް ވަނީ،" ވިދާޅުވެފަ އެވެ. 

ޑރ. ވަހީދަށް މަގުމަތީގައި ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން، އެމަނިކުފާނު ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖައުފަރަކީ ނަފްސާނީ އަދި ޖިސްމާނީ ބަލި ހުންނަ މީހެއް ކަން އެނގިވަޑައިންނަވާފައިވާ ކަމަށާއި އެހެން ކަމުން މިހާރު އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް