ads
ސްރީ ލަންކާ---
ލަންކާގައި ތިން ދުވަހަށްފަހު ވައިރަސް ފެނުނީ ރާއްޖެއިން ދިޔަ މީހެއްގެ ފަރާތުން
ލަންކާގައި ކޮވިޑް-19 ގެ އެއްވެސް ކޭހެއް ފެނިފައިނުވާތާ ތިން ދުވަސް ފަހުން ރާއްޖެއިން މިމަހު ލަންކާއަށް ފޮނުވާލި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ގައުމުގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ 1951 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ލަންކާގެ މީޑިއާ ތަކުން ބުނާގޮތުގައި ލަންކާގައި ކޮވިޑަށް މީހަކު ޕްޒިޓިވްވިކަން އެންމެ ފަހުން ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ފާއިތުވެ ދިޔަ ތިން ދުވަހު ކޮވިޑުގެ އެންމެ ކޭހެއް ވެސް ލަންކާއިން ރިޕޯޓު ކޮށްފައި ނުވާއިރު، އެންމެ ފަހުން އެ ގައުމުން ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ތިން ކޭސް ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުގައި، އެ ގައުމުގައި މިހާރު ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަނީ އެހެން ގައުމު ތަކުން އަނބުރާ ލަންކާއަށް ދާ މީހުންނެވެ. އެހެންކަމުން ލަންކާއަށް އެނބުރި ދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.

ލަންކާއިން އިއްޔެ ވަނީ އިތުރު 28 މީހަކު ކޮވިޑް19 އިން ރަނގަޅުވެފަައެވެ. އަދި އެ ގައުމުން ފަރުވާދީ ކޮވިޑުން ރަނގަޅު ކުރެވުނު މީހުންގެ ޖުމްލަ އަދަދު 1،526 އަށް އަރާފައިވާ ކަމަށް ލަންކާ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. 

ކޮމިއުނިޓީ ސްޕްރެޑެއް ނުފެންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވުމުން އެ ގައުމުގެ ސަރުކާރު ސްކޫލުތައް މި މަހުގެ 29 ވަނަ ދުވަހު ހުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ރިޕޯޓްތަކުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް