ads
ފޮޓޯ: އެމްޓީސީސީ ޓްވިޓާ--
މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ
ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ޕްރެޖެކްޓުގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު މާފުށީ ބިން ހިއްކުމުގެ މަސަތްކަތް ނިމިފައި ވާކަމަށާއި މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާވާފައިވާ ކަމަށެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ޝޯ ޕްރޮޓެކްޝަން އަށް ނުވަތަ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑެތި ގާތައް މި މަހުގެ 25 ވަނަ ދުވަހު ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މާފުށީގައި ކުރިއަށްދާ މި މަޝްރޫއުގެ ކޮންސެޕްޓަކީ މައި ރަށާއި ވަކިން އިންނަ ބިމެއް ހެދުމެވެ. އެގޮތުން، މި މަޝްރޫއު އަކީ މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށާއި އިތުރު ބީޗް އޭރިއާތައް އުފެއްދުމުގެ ގޮތުން އެކުލަވާލައިފާވާ ޕްރެޖެކްޓެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި މި މަޝްރޫއަށް 99.98 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް