ads
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ސިއްރުކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަައިގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

މިއަދު ހެނދުނު 10:30 ފެށިގެން 12:00 އާއި ހަމައަށް ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތް މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުންނެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލުމާތެއް ލިބިފައެއް ނުވެއެވެ. 

އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ލަސްކަމަށް ބުނެ ރައީސް ނަޝީދު އަންނަނީ އެކަމުގައި ހިތްހަމަ ނުޖެހުން ފާޅުކުރައްވަމުންނެވެ. އަދި އެކަން ބެލުމަށް ގިން ވަގުތު ތަކެއް ނަގާ ލަސްވަމުން ދާކަމަށް ބުނެ މަޖިލީހުގެ މެމްބަރުންވެސް ކަންބޮޑުވުން ފާޅުކުރަމުން އައިސްފައިވެއެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ 260 މީހުންގެ ތެރޭގައި ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކަށާއި ފިކުރުތަކަށް ނިސްބަތްވާ މީހުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންގެ ތެރެއިންވެސް ބައެއް ފަރާތްތައް ހިމެނޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.  އަދި އެމައްސަލައިގައި ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކުރައްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް