ads
ހޯމް މިނިސްޓަރ އިމްރާންއާއި ސީޕީ ހަމީދު
މުޒާހަރާ ރޫޅާލި ގޮތާއި މެދު މިނިސްޓަރު އިމްރާން ހިތްހަމަނުޖެހުން ފާޅުކޮށްފި
އިންސާނީ ކަރާމާތައް އިސްކަންދީ، ގައިރު ގާނޫނީ އެއްވުންތައް ޕްރޮފެޝަނަލްކަމާއެކު ރޫޅާލާ ތަން ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާނު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމާއެކު ގައިރު ގާނޫނީ އެއްވުންތައް ޕްރޮފެޝަނަލް ކަމާއެކު ރުޅާލުމުގެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަ މަންޒަރު ދެކިވަޑައިގަންނަވަން ބޭނުންވެލައްވާ ކަމަށެވެ. 

އެގޮތުން ކުރިއަށް އޮތްތަނުގައި ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުތަކުގެ ތެރެއިން އެކަން ކަށަވަރު ކުރެވިގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ގައިރު ގާނޫނީ އެއްވުންތައް ކުރިއަށް އޮތް ތަނުގައި ޕްރޮފެޝަނަލްކޮށް ރޫޅާލެވޭނެކަމަށް އިމްރާން ވިދާޅުވެފައިވާއިރު އިއްްޔެ މަޖިލިސް ކުރިމަތީގައި "މަޖިލީސް ހޭލައްވާ" ގެ ނަމުގައި ސިޔާސީ އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުމަށް މަސައްކަތްކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައި ޖަމާއަތުން ބޭއްވި މުޒާހަރާ ރޫޅާލި ގޮތާމެދު ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް