ads
ރޮނާލްޑޯ ޔުވެންޓަސްގެ ޕްރެކްޓިހުގައި
ރޮނާލްޑޯއާ ޑީބަލާގެ ގޯލުން ޔުވެންޓަސް އަށް ފަސޭހަ މޮޅެއް
އިޓާލިއަން ލީގުގައި ރޭ ރޮނާލްޑޯއާއި ޑީބަލާގެ ގޯލްތަކުން ބޮލޯނިއާ އަތުން 2-0 ޔުވެންޓަސް މޮޅުވެއްޖެ އެވެ.

އެ ނަތީޖާއާއި އެކު ޔުވެންޓަސްވަނީ ލީގުގެ އެއްވަނައިގަ ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދާފަ އެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ. ދެވަނަ ލަނޑު ޖެހީ ޕައޮލޯ ޑީބަލާ އެވެ. އެއީ ކޮވިޑާ ގުޅިގެން މެދު ކަނޑާލުމަށް ފަހު އަލުން ފެށި ފަހުން ޔުވެންޓަސް މޮޅުވި ފުރަތަމަ މެޗެވެ.

ލީގުގެ ފުރަތަމަ މެޗު ނަމަވެސް ކަޕުގައި ކުޅުން ދެ މެޗުގެ ތެރެއިން ސެމީ ފައިނަލް ދެވަނަ ލެގުން އެއްވަރުވިއިރު ފައިނަލުގައި ވީ ބައްޔެވެ. ރޭގެ މޮޅަކީ، ކޮވިޑަށް ފަހު ލީގުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މޮޅާއި އެކު ޔުވެންޓަސް އެއްވަނަގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ލާޒިޔޯއަށް 26 މެޗުން 62 ޕޮއިންޓް ލިބިފައިވެއެވެ.

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް