ads
ހެނދުނު ނާސްތާ ޕްރޮގްރާމްގެ ތެރެއިން ކަންދޫ ސްކޫލް
ނާސްތާ ޕްރޮގްރާމް ހުއްޓާލުމާއި އެކު ކޮންމެ ދަރިވަރަކަށް ކިރު ކޭހެއް
ސަރުކާރުގެ އެންމެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ، ދަރިވަރުންނަށް ހެދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް ހުއްޓާލުމާއި އެކު ސްކޫލްތަކުގައި ކިޔަވަމުންދާ ކޮންމެ ދަރިވަރަކަށް ކިރު ކޭހެއް ދިނުމަށް ނިންމާފިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދެއް ކަމަށްވާ ދަރިވަރުންގެ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަށް ގެނެސްފައިވާ ކިރު ޕެކެޓްތައް ބަހަން ނިންމާފައި ވާކަމަށާއި ސްކޫލްތައް ހުޅުވޭއިރު ސްކޫލްތަކުގައި ނާސްތާ ނުދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ. އަދި ދަރިވަރުން ގެއިން އަންނަ އިރު ރަނގަޅަށް ސައި ބޮއިގެން އައުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ. 

އެގޮތުން މާލެ އާއި އަތޮޅު ތެރޭގެ ބައެއް ސްކޫލުތަކުން މިހާރު ވަނީ ކިރު ޕެކެޓުތަކާއި ހަވާލުވާން ބެލެނިވެރިންނަށް އަންގައިފަ އެވެ. ބެލެނިވެރިންނަށް ފޮނުވި ލިއުމެއްގައި ވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ދަރިވަރުންނަށް ކިރު ޕެކެޓު ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކޮންމެ ދަރިވަރަކަށް 30 ޕެކެޓް ދޫކުރާނެ ކަމަށާއި އެ އެއްޗެހި ބަލައި ދާއިރު ކޮތަޅެއް ނުވަތަ ދަބަހެއް ހިފައިގެން ދިއުމަށް އެދިފައިވެ އެވެ. 

ކޮވިޑް-19 ގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި އެކު ސްކޫލުތައް ބަންދުކުރެވިފައި ވީނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހުގައި އަލުން ސްކޫލުތައް ހުޅުވާލަން އެޑިއުކޭޝަން މިިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ. އަދި ސްކޫލްތައް ހުޅުވިގެން ދާނީ "ނިއު ނޯމަލް" ގެ އުސޫލާއި އެކުގައި ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް