ads
މެމްބަރު ހަސަން އަފީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް: ކުރީގެ ރައީސް ވަހީދު މަޖިލީހަށް ހާޒިރު ކުރުމަށް ގޮވާލައިފި
ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފޮރުވާފައިވާ ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޑރ. ވަހީދް މަޖިލީހަށް ހާޒިރު ކުރުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރިން ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް ޑރ. ވަހީދު ދައުލަތުގެ ފައިސާއިން ބައްލަވައިގެންފައިވާކަމަށެވެ. އަދި އެ ރިޕޯޓް ފޮރުވާފައިވާ ކަމަށާއި، އެ ރިޕޯޓް ހޯދުމަށް މައްސަލައިގައި ވެއެވެ.  

އެމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވެފައިވަނީ އެ ރިޕޯޓަކީ ދައުލަތުގެ މިލްކިއްޔާތެއް ކަމަށެވެ. އަދި އެ ރިޕޯޓް ދައުލަތުގައި ނެތްނަމަ އެކަން ވާނީ ޑރ. ވަހީދް ކޮށްފައިވާ ވައްކަމަކަށް ކަމަށް އަފީފް ވިދާޅުވި އެވެ. 

މީގެ އިތުރުން އަފީފް ވިދާޅުވީ އެކަމުގެ މައުލޫމާތު އިނގިތިބި ބަޔަކު އެކަމުގެ ތަފްސީލު މަޖިލީހަށް ދޭންޖެހޭކަމަށެވެ. 

"7 ފެބްރުއަރީ ގައި ވެރިކަން ބަދަލުކުރުމަށް ފަހު އޭރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދް ހަސަން މަނިކް މި ރިޕޯޓަށް ހެއްދެވި ގޮތެއް އެބަޖެހޭ މި އިއްޒަތްތެރި މަޖިލީހަށް ވިދާޅުވެ ދެއްވަން. އަޅުގަނޑުމެން މި ކޮމިޓީއަށް އެބަ ޖެހޭ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ހާޒިރު ކުރަން."

އަފީފް ވިދާޅުވީ ޑރ. ވަހީދު ރިޕޯޓަށް ހެއްދެވި ގޮތަށް ނުވަތަ ހަވާލު ކުރި ފަރާތެއް ސާފުކުރަން ޖެހޭ ކަމަށެވެ. 

ފަލާހް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބޭރުގެ އެކުންފުންޏަށް ފައިސާދީ އެ ރިޕޯޓް ބައްލަވައިގެންފައިވަނީ ރައީސް ވަހީދާއި އޭރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި އެކަންކަން އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބަށް އިނގިވަޑައިގަންނަވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް