ads
މެންބަރު މުހައްމަދު އަސްލަމް--
ފުލުހުންގެ ބިލަށް މަޝްވަރާ ހޯދުމަށް ރަށްރަށުގައި އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި
ފުލުހުންގެ ބިލަށް މަޝްވަރާ ހޯދުމަށް ބައެއް ރަށްރަށުގައި އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހުދުމަތްތަކާއި ބެހޭ ކޮމިޓީން ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅޭގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ފުލުހުންގެ ބިލާއި ގުޅޭގޮތުން ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއްކަމުގައި ކޮމިޓީގެ މެމްބަރުންނަށް ފެނުނު ކަމަށެވެ. އެގޮތުން އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިހާރު ހުޅުވާލާފައިވާކަން އަސްލަމް ފާހަގަކުރެއްވި އެވެ. އަދި މިބިލަށް ވީހާވެސް ގިނަ އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ލިބުމަކީ ވަރަށް އެދޭކަމެއް ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ބިލާއި ގުޅޭގޮތުން ގިނަ ފަރާތްތަކަކާއި މަޝްވަރާ ކުރުމަށް ފަށާފައިވާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ އިއްޔެ ފުލުހުންނާއި އެކު މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 10 ދިވަހުގެ ތެރޭގައި 25 ފަރާތަކާއި މި ބިލާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން އެ 25 ފަރާތުގެ ތެރޭގައި ސިޓީ ކައުންސިލްތައްވެސް ހިމެނޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

މީގެ އިތުރުން އަސްލަމް ވިދާޅުވީ މި ބިލަށް މަޝްވަރާ ހޯދުމަށް ބައެއް ރަށްރަށުގައި އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި މީގެ އިތުރުން ދެ ޕެނަލް ޑިސްކަށަނެއްވެސް ބޭއްވުމަށް ނިންމާފައިވާކަން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ. 

އަސްލަމް ވިދާޅުވީ މިހާރު އޮތް ޤާނޫނަށް ވުރެއް ފުރިހަމަކޮށް މިހާރުގެ ބިލް އޮތްކަމަށެވެ. އަދި އިތުރަށް ފުރިހަމަ ކުރުމަށް ހުރިހާ ފަރާތްތަކެއްގެ މަޝްވަރާ ބޭނުންވާކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް