ads
ކުރެއްދޫ--
ރިސޯޓެއް ހުޅުވުމުގެ ހަތް ދުވަސްކުރިން ރިސޯޓުގެ ޕްލޭން އަންގަން ޖެހޭނެ: އަލީ ވަހީދު
އަލުން ފަތުރުވެރިކަމުގެ ދާއިރާ ހުޅުވާލާއިރު ކޮންމެ ރިސޯޓެއް ވެސް ހުޅުވުމުގެ ހަތް ދުވަސްކުރިން އެ ރިސޯޓެއްގެ ޕްލޭން ޓޫރިޒަމް މިނިސްޓްރީއަށް އަންގަން ޖެހޭނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ގައިޑްލައިންއާ އެއްގޮތަށް ކޮންމެ ރިސޯޓެއް ހުޅުވުމުގެ ހަތް ދުވަސް ކުރިން އެރިސޯޓެއްގެ ޕްލޭން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. 

އެގޮތުން އެރިސޯޓަކަށް މީހުން ގެނައުމުގެ ހުއްދަދޭނީ ޕްލޭންގައި ހިމެނޭ ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ފާސްކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ. 

އެގޮތުން އެޗްޕީއޭގެ ސްޓޭންޑާޑަށް ހުރި ނަމަ އެ ރިސޯޓެއްގައި ވެސް ޕޮޒިޓިވް ވާ މީހަކު ބަހައްޓާ ފަރުވާދެވޭނެ އިންތިޒާމުތައް ވެސް ހުންނާނެކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ. 

އަދި ރިސޯޓުގައި ހުއްޓާ އެ ފަތުރުވެރިއަކު ސަރުކާރުގެ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ވެސް ހަރަދުކުރާނީ ފަތުރުވެރިކަމުގެ ސިޔާއަތުން ކަމަށާއި ސަރުކާރުން އެ ހަރަދުތައް ނުކުރާނެކަން ވެސް މިނިސްޓަރު ވިދާޅުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް