ads
އެމްޑީ ތޮއްޔިބު މުހައްމަދު--
ބޯޑަރު ބަންދުކުރިޔަސް ރާއްޖެ މާކެޓްކުރުން ހުއްޓައެއްނުލަން: ތޮއްޔިބު
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް މާކެޓް ކުރުން ހުއްޓާނުލާ ކުރިއަށް ގެންދިޔަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ ބޯޑަރު ބަންދުކުރުމުން ރާއްޖެ އިސްތިހާރު ކުރުމަށް ކުރަންޖެހުނު މަސައްކަތް އިތުރުވި ކަމަށެވެ. އެގޮތުން ބޯޑަރު ބަންދު ކުރުމުންވެސް ރާއްޖެއާއިމެދު ފަތުރުވެރިން ދެކެމުންއައި ތަސައްވުރު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެން ރާއްޖެ މާކެޓްކުރުން ހުއްޓައެއްނުލަން. މާކެޓިން މަސައްކަތް އިތުރުކުރީ ރާއްޖެއަށް ލިބިފައިވާ ރީތިނަން ދަމަހައްޓައި ރައްޖޭގެ ތަސައްވުރު ފުހެވިގެން ނުދިއުމަށްޓަކައި." ތޮއްޔިބު ވިދާޅުވި އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖެ މާކެޓްކުރަމުން އައި ގޮތް ބަދަލުކުރިކަން ފާހަގަކޮށް ތޮއްޔިބު ވިދާޅުވީ ހާލަތާއި ގުޅޭގޮތުން އޮންލައިން އެކި ޕްލެޓްފޯމް މެދުވެރިކޮށް މާކެޓިން މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށެވެ. 

މީގެ އިތުރުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ މިހާރުގެ ޓާގެޓް ކަމުގައިވާ 850،000 ފަތުރުވެރިން ގެނައުމަށް އިތުރު 500،000 ފަތުރުވެރިން ގެންނަންޖެހޭ ކަމަށެވެ. މި ޓާގެޓަށް ވާސިލުވުން މުހިންމު ކަން ފާހަގަކޮށް ތޮއްޔިބު ވިދާޅުވީ އޭވިއޭޝަން ސެކްޓާ އިތުރަށް ވަރުގަދަވެ މިކަމަށް އިތުރަށް ތައްޔާރުވާން ޖެހޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް