ads
ޖަމާއަތުގައި ނަމާދުކުރަނީ--
އިންސާނިއްޔަތު ކަމުގެ ހަމަތައް ނެތްތަނެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމު: ހުތުބާ
މުޖުތަމައަކުން އިންސާނިއްޔަތު ކަމުގެ އަގުތަކާއި ހަމަތައް ނެތިގެން ގޮސްފިނަމަ އެތަނެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމު ކަމަށް ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިންސާނީ ސިފަތައް ގެއްލެނީ ޖަހާލަތުގެ ސިފަތައް ވެރިވުމުން ކަމަށާއި އެގޮތުން މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތްނަމަ އެތަނެއްގައި ޖަންގަލީގެ އުސޫލުތައް ކަމަށެވެ. އޭރުން މޮޅު މީހާއަށް މޮޅުގޮތް ވެފައި ނިކަމެތި މީހާ ވާނީ އިތުރަށް ނިކަމެތި ކަމަށް ވެސް ހުތުބާގައި ބުނެ އެވެ. 

އެހެންކަމުން އިސްލާމްދީން އައީ ޖާހިލިއްޔަތުގެ ނަހަމަކަމުން މުޅި އިންސާނިއްޔަތު ސަލާމާތްކުރަންކަން ފާހަގަކުރަމުން ހުތުބާގައި އެފަދަ މުޑުދާރު ސިފަތައް ދޫކޮށްލުމަށް ކީރިތި ރަސޫލާ ވެސް ގޮވާލައްވާފައިވާ ކަމަށެވެ. އަދި އިންސާނުންނަކީ އިންސާނީ ވަންތަ ކަމުގައި އެއް މަގާމަކާއި އެއް ހައިސިއްޔަތެއް ލިބިގެންވާ އެެއް ދަރަޖައިގެ ބައެއް ކަމަށް ބުންޏެވެ.

އަދި އިންސާނާ އުފެދުމުގެ އަސްލާއި އިންސާނީ ވަންތަ ކަމުގެ ސިފަތަކާއި، އިންސާނީ އިހްސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެކެއް ކަމަށް ވެސް ހުުތުބާގައި ފާހަގަކުރެ އެވެ. 

ހުތުބާގައި އިތުރަށް ބުނީ އިންސާނަކަށް ވީތީ ދޭންޖެހޭ މަގާމާއި އިހްތިރާމާއި ރަހުމާއި ހަމްދަރުދީގެ އިތުރުން އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި، ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށާއި ނަސްލާއި، ގައުމާއި، އާއިލާ އަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް، ބުރަދަނެއް ހުރި އެއްވެސް އެއްޗެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ހުތުބާގައި ބުނީ އުންސޫރީ ތަފާތު ކުރުމުގެ ނުބައި ޖާހިލީ އާދަ އެންމެ ފުރަތަމަ ތައާރަފުކުރީ އިބްލީސް ކަމަށާއި އެއީ އާދަމް އަލައިހިއްސަލާމަށް ސަޖިދަ ޖެހުމަށް ﷲ އޭނާ އަށް އަމުކުރެއްވުމުން އިބިލީސް އެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމުގެ ގެނައި ހުއްޖަތަކީ، އުފެދުމުގެ އަސްލަށް ބަލައި، އޭނާ އާދަމްގެފާނަށް ވުރެ މޮޅުވެގެންވާ ކަމުގެ މުޑުދާރު ހުއްޖަށް ކަމަށް ހުތުބާގައި ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް