ads
ހަންގަނޑު ސާފުކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް
ހަންގަނޑު ސާފުކޮށް، ޒުވާންކަން މަތީގައި ދެމެހެއްޓޭނީ ކިހިނެތް؟
އުމުރުން ދުވަސްވާވަރަކަށް ޒުވާން އުމުރުގައި ހިފަހައްޓައިގެން ދޫކޮށްލަން ބޭނުން ނުވާ މީހުން ގިނައެވެ. މިހެންކަމުން ތަފާތު ވައްތަރު ވައްތަރުގެ ގިނަގުނަ ރީތިވާ ސާމާނު ބޭނުންކޮށްގެން ޒުވާންކަން ދެއްކުމަށް މަސައްކަތްކުރާ މީހުން މަދެއްނޫނެވެ.

އަގުބޮޑެތި ރީތިވާ ސާމާނު ގަތުމުގެ ބަދަލުގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ތަފާތު ކަންތައްތަކަށް ބަލާލާނަމެވެ.

ގިނަގިނައިން ފެން ބުއިމަކީ ހަންގަނޑު ސާފުކޮށްދޭ ކަމެކެވެ. ގިނަގިނައިން ފެން ބުއިމަކީ ހަންގަނޑު ހައިޑްރޭޓް ކޮށްދީ، ހަށިގަނޑުގައިވާ ޓޮކްސިންތައް ނައްތާލުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. 

ކެމިކަލް ހިމެނިފައިވާ ރީތިވާ ސާމާނު ބޭނުން ކުރުމަކީ ހަންގަނޑަށް ގެއްލުން ހުރި ކަމެއްކަމުގައި ފާހަގަ ކޮށްލެވެއެވެ. އަހަރުމެންގެ ތެރޭގައި އާންމު ގޮތެއްގައި ގެންގުޅޭ ނުބައި ވިސްނުމަކީ ރީތިވާ ސާމާނެއްކަމުގައި ވާނަމަ އަގުބޮޑުވާ ވަރަކަށް އެއީ ރަނގަޅު ސާމާނުކަމުގައެވެ. ނަމަވެސް މިއީ ދޫކޮށްލަންޖެހޭ ވިސްނުމެކެވެ. މިފަދަ އެއްޗެއްސަށް އަޅާފައި ހުންނަ މާއްދާތަކަށް ބެލުން މުހިއްމެވެ. އަދި ކެމިކަލް މަތީ މިންވަރަކަށް ހިމަނާފައިވާ މި ރީތވާ ސާމާނު ތަކަށްވުރެ ގުދުރަތީ މާއްދާތައް އެކުލެވިގެންވާ ރީތިވާ އެއްޗެހި ބޭނުންކުރުން ރަނގަޅެވެ.

ހަންގަނޑު ތާޒާ ކަންމަތީގައި ބެހެއްޓުމަށް ކުރެވިދާނެ މުހިއްމު އެއްކަމަކީ ސާފުތާހިރުކަންމަތީގައި ދެމިހުރުމެވެ. މިގޮތުން މޫނު ދޮވުން ފަދަ ކަންކަމަކީ ހަންގަނޑުގައި އެކުލެވިފައި ހުންނަ ކިލާތަށް ނައްތާލައިދީ، ހަންގަނޑު ރީތި ކޮށްދޭ ކަންކަމެވެ.

އަހަރުމެންގެ ތެރެއިން މަދު ބަޔެއް ފިޔަވައި އެހެން މީހުންނަކީ 8 ގަޑިއިރުގެ ނިދި ހަމަނުވާ ބައެކެވެ. އަދި ބައެއް ރޭރޭ ނުނިދާވެސް ދެއެވެ. ނަމަވެސް ހެޔޮ މިންވަރެއްގެ ނިދި ލިބުމަކީ ހަށިގަނޑަށް ވަރަށް މުހިންމު ކަމެކެވެ. އެއީ މީހާ ހަމަޖައްސައިދީ، ހަންގަނޑަށް ނުހަނު ފައިދާ ހުރި ކަމެއްކަމުގައި ފާހަގަ ކޮއްލެވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް