ads
ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް
އެމެރިކާގައި ކޮރޯނާގެ ކޭސްތައް ރިޕޯޓުކުރެވުނު ވަރަށްވުރެ ދިހަ ގުނަ އިތުރުވެދާނެ
އެމެރިކާ ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ 20 މިލިއަނަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިފައިވުން އެކަށީގެންވެ އެވެ. މިއީ އަސްލު އަދަދަށްވުރެ ދިހަ ގުނަ އިތުރެވެ.

އެގޮތުން އޮފިޝަލުން ލަފާ ކުރާ ގޮތުގައި ކޮވިޑް-19 ގެ އަލާމާތްތަށް ފެނިފައި ނުވާ އެތައް މީހުންނަށް މި ބަލި ޖެހިފައި ވެއެވެ. މިއީ އަސްލު އަދަދަށްވުރެ ދިހަ ގުނަ އިތުރެވެ.  

ސެންޓަރު ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު ތަފާސް ހިސާބުތައް ބިނާ ވެފައިވަނީ ސެރޮލޮޖީ ޓެސްޓިންގް އަށެވެ. މިޓެސްޓިންގް ގައި މީހެއްގެ ހަށިގަނޑުގައި ހުންނަ އެންޓިބޮޑީސް ބެލުމަށްފަހު އެމީހަކަށް ބަލި ޖެހިފައިވާކަން ނުވަތަ ނުވާކަން އެނގެއެވެ.    

އެހެންކަމުން އޮފިޝަލުން ބުނާގޮތުގައި ލަފާކުރެވުނު އަދަދު ބިނާވެފައިވަނީ އިނގޭ ކޭސްތަކުގެ އަދަދު (2.4 – 2.3 މިލިއަނާއި ދެމެދު) ސެރޮލޮޖީ ޓެސްޓުގެ އެވަރޭޖް އެންޓިބޮޑީސް އަދަދާއި ގުނަ ކޮށްފައެވެ.

އެގައުމުގެ ސަރުކާރުން ބުނާގޮތުގައި މިގޮތަށް ލަފާކުރެވިފައިވާ ސަބަބަކީ ބަލީގެ އަލާމާތްތައް ނުފެންނަ ގިނަ ބައެއް ބައްޔަށް ޕޮޒިޓިވް ވެފައިވާތީ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި ބަލީގެ އަލާމާތްތައް ނުފެނުނު ކަމުގައި ވީނަމަވެސް މީހުން ތޮއްޖެހިފައިވާ ތަންތަނަށް އާންމުކޮށް ގޮސް އުޅޭކަމުގައި ވާނަމަ ކޮވިޑް-19 އަށް ޓެސްޓުކުރުން މުހިއްމު ކަމުގައެވެ.  

މިދިޔަ ބުދަ ދުވަހު އެގައުމުން ވަނީ 36،000 އާ ކޭސް ރިކޯޑުކުރެވިފަ އެވެ.  

  


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް