ads
އަބްދުﷲ ޖާބިރު--
ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ވަސީލަތައް ހޯދުމަށް ގަރާރެއް ހުށަހަޅައިފި
ދިވެހި ފުލުހުންނާއި ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޑީއާރްޕީން ބުނީ ސިފައިންގެ އަތުގައި ހަމައެކަނި އެއާޕޯޓެއް އޮތުމުން ނުފުދޭ ކަމަށާއި އެގޮތުން ދިވެހި ސިފައިންނަށް ބޭނުންވާ ވަސީލަތައް ހޯދައިދިނުމަށް ގަރާރުގައި އެދިފައިވާ ކަމަށެވެ.

އެގަރާރުގައި ވަނީ ދިވެހި ސިފައިންގެ އަތުގައި އަމިއްލަ ހެލިކޮޕްޓަރެއް ނޯންނާނެތީ އެކަން ވެސް ފާހަގަކޮށްފަ އެވެ. މިހާރު ރާއްޖޭގައި ބޭނުންކުރަމުންދާ ހެލިކޮޕްޓަރުތަކަކީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކެކެވެ. އެކަމަކު އެތަކެތި ދުއްވަނީ އިންޑިއާ ސިފައިންނެވެ.

މެމްބަރު ޖާބިރު ހުށަހެޅުއްވި އެ ގާރާރުގައި ފުލުހުންނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ހަމަޖައްސައިދިނުމަށް އެދިފައިވާއިރު ފުލުހުންނާއި ސިފައިންގެ ނަމަށް އުނިކަން ގެއްލޭ ގޮތަކަށް އެއްވެސް ފަރާތަކުން ބަސް ނުބުނުމަށާއި އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވެސް ގޮވާލާފައިވާ ކަމަށް ބުނެ އެވެ. 

ފުލުހުންގެ މުވައްސަސާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ޖާބިރު ގޮވާލެއްވިއިރު ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައިވެ އެވެ. އެ ބިލު ދަނީ މަޖިލީހުގެ 241 ކޮމިޓީން ދިރާސާ ކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް