ads
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް--
އަސްލަމަށް ރުހުން ދޭން ކޮމެޓީން ފާސްކޮށްފި
ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަމަށް މުހައްމަދު އަސްލަމް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީ އުވާލައި، އުފެއްދި އެމިނިސްޓްރީގެ މަސްއޫލިއްޔަތުތައް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދަށަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދަލު ކުރެއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. 

އެގޮތުން އެ މަގާމަށް މިނިސްޓަރު އަސްލަމް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. 

މިސަރުކާރުގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ ދެ މިނިސްޓްރީ އެއްގެ ގޮތުގައި ހިންގަމުން އައި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ އައިމިނަތު އާތިފާ އެވެ. އާތިފާ ހައުސިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމިނިސްޓްރީ އުވާލާފަ އެވެ. 

އާތިފާއަކީ ރައީސް ސޯލިހްގެ ސަރުކާރުގައި މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ދެވަނަ މިނިސްޓަރެވެ. އެންމެ ފުރަތަމަ އިސްތިއުފާ ދެއްވާފައިވަނީ ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފެވެ. 

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލުމާއި ގުޅިގެން ހައުސިން މިނިސްޓްރީން ކުރަމުން ގެންދިޔަ ހުރިހާ މަސައްކަތްތައް ދެން ކުރައްމުން ގެންދާނީ، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް