ads
ބީއެމްއެލް
ކުރިއަތް އޮތް 4 ދުވަހު ބީއެމްއެލް ބްރާންޗްތަކުން ހިދުމަތް ލިބޭ ގަޑި އާންމުކޮށްފި
ޖޫން 29 ވަނަ ދުވަހުން ޖުލައި ދެ ވަނަ ދުވަހަށް ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ލިބޭ ގަޑި އެކުންފުނިން އާންމުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އެ ހަތަރު ދުވަހު އެ ކުންފުނީގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 2:00 ކަމަށެވެ. 

ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެ ކަމަށް ބީއެމްއެލް އިން ފާހަގަކުރެ އެވެ. 

އެކުންފުނިން އިތުރަށް ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތް ދިނުމައްޓަކައި ބްރާންޗްތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށާއި ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ފޯރުކޮށްދޭނީ އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ކަމަށެވެ. 

އެގޮތުން، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި ލޯކަލް ބޭންކް ޓްރާންސްފާ އާއި މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތުގެ އިތުރުން ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅަން ޖެހޭނީ އޮންލައިންކޮށް ކަމަށް ބޭންކުން ބުނެ އެވެ. 

އޭގެ އިތުރުން، ނަގުދު ފައިސާ ޖަމާ ކުރުމާއި ޗެކް ޖަމާކުރުމުގެ ހިދުމަތް އޭޓީއެމްތަކުން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭ އިރު، އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ އެވެ.

ބީއެމްއެލް އިން އެންމެ އިސްކަމެއްދެނީ އެކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މާލޭ ސިޓީގެ ފުރަބަންދަށް ބޮޑު ލުއިތަކެއް ލިބިފައިވީނަމަވެސް އެކުންފުނިން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ބޭނުންކުރައްވައި، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް