ads
މިއުނާ--
އިންސާފު ނުލިބޭކަމަށް ބުނެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކު ޓިކެޓު ދޫކޮށްލައިފި
މި ސަރުކާރު ގެނައީ ގިނަ އުއްމީދުތަކަކާއެކު ނަމަވެސް ހީކުރި ގޮތަށް ކަންކަން ނުދާ ކަމަށް ބުނެ ހއ. މުރައިދޫ ރަށު ކައުންސިލުގެ މެމްބަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ނިންމި، މިއުނާ ހަސަން، ޓިކެޓު ދޫކޮށްލައިފި އެވެ.

އޭނާ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ސަރުކާރު ގެނައީ ހަމައެކަނި ކޮންކްރީޓް ތަރައްގީ ގެނައުމަށް ނޫންކަމަށާއި އިންސާފު ވެސް ލިބޭނެ ކަމުގެ އުއްމީދާއެކު ކަމަށެވެ. 

އެކަމަކު މިއަދާ ހިސާބަށް އައިއިރު ވެސް އޭނާ އުއްމީދުކުރި ގޮތަށް މީހުންނަށް އިންސާފު ނުލިބޭ ކަމަށް ވެސް ބުންޏެވެ. 

އެގޮތުން ރޭޕްކުރުމާއި ޖިންސީ ގޯނާ ފަދަ މައްސަލަތަކާއި ގުޅިގެން އެއްވެސް ކަމެއް ކުރަމުންދާ މަންޒަރު ނުފެންނާތީ އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބަށް ވާދަކުރުމަށް ވެސް ލަދުވެތިވާ ކަމަށް ވެސް މިއުނާ ބުނެ އެވެ. 

އެ ސަބަބާހުރެ އޭނާ މިވަނީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަނުކުރަން ނިންމާފަ އެވެ.

"އަހަރެން ދުވަހަކު ވެސް އަދި އަހަންނަށް ދުވަހަކު ވެސް ރޭޕިސްޓެއް އަދި އަނިޔާކުރާ މީހަކު ހިމާޔަތް ނުކުރެވޭނެ. ރޭޕް އާއި ޗައިލްޑް އެބިއުސްގެ ވިކްޓިމްސްއަށް އިންސާފު ނުލިބޭ އިރު ވެސް ކުށްކުރާ މީހުން، ހިމާޔަތް ކުރާ މީހުންނަކީ އެކުށް ކުރާ މީހުންނެކޭ އެއްފަދަ ބައެއް،" މިއުނާ ބުންޏެވެ. 

އެކަމާއި ގުޅިގެން މިއުނާ މިރޭ ސީއެންއެމްއަށް ބުނީ، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމަކު އެހެން ޕާޓީއަކުން އޭނާ އިންތިހާބަށް ނުނިކުންނާނެކަން ވެސް ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް