ads
މިއަދުގެ މުޒާހަރާއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ސީއެންއެމް
ހަމަނުޖެހުން ހިންގާ ފުލުހުންގެ ގަޔަށް އަތްލި ދެ ޒުވާނަކު މުޒާހަރާއިން ހައްޔަރުކޮށްފި
މިއަދު ހަވީރު، ރޭޕްކުރުމާއި ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ދެ ޒުވާނަކު ހައްޔަރުކޮށްފައިިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ އެ ދެމީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ހަމަނުޖެހުން ހިންގާއި، ފުލުހުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގަން އުޅުމުން ކަމަށެވެ. 

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރީ 22 އަދި 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

އެންމެ ފުރަތަމަ ހައްޔަރުކުރި މީހާ، ހައްޔަރުކުރީ ސްޓޭޓް އޮފް އިންޑިއާ ކައިރިންނެވެ. އަދި ދެވަނަ މީހާ، ހައްޔަރުކޮށްފައި ވަނީ ބޭންކް އޮފް ސިލޯނު ކައިރިންނެވެ.

މިއަދު ހަވީރު ވަނީ ޖެންޑާ މިނިސްޓްރީ ދޮށުގައި ގިނަ ބަޔަކު ރޭޕްކުރުމާއި ދެކޮޅަށް އަޑު އުފުލާފަ އެވެ. ފަހުން އެއްވުމުގެ ބައިވެރިވެން ވަނީ މަޖިދީ މަގުން އާޓިފިޝަލް ބީޗު ސަރަހައްދަށް ގޮސް، ބޭރު މަގުގައި ވެސް މުޒާހަރާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް