ads
ސީޕީ ހަމީދު-- ފޮޓޯ: ރާއްޖެއެމްވީ
އައްޑޫއަށް އެތެރެ ކުރަން އުޅުނި 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
އައްޑޫއަށް ދަތުރު ކުރި ލޯންޗަކުން 5.5 ކިލޯގެ މަސްތުވާތަކެތި އަތުލާގަނެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދް ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީގައިި ހަރަކާތްތެރިވަމުންދާ ފުލުހުންނާއި އެންއެންޑީއެފްއާއި ގުޅިގެން ރޭ ކަނޑުމަތީގައި ކުރިޔަށް ގެންދިޔަ އޮފަރޭޝަންގެ ތެރެެއިން 5.5 ކިލޯގެ ހެރޮއިން އަތުލާގަނެފައިވާ ކަމަށެވެ. އަދި މި އޮޕްރޭޝަންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަންވެސް ފާހަގަ ކުރެއްވި އެވެ. 

"ވަރަށް ކާމިޔާބު ކަމާއި އެކު ރޭ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އައްޑޫ ސިޓީގައި ތިބި ފުލުހުންގެ އޮޕަރޭޝަން ޓީމާއި އިންޓެލް ޓީމުގެ އިތުރުން އެމްއެންޑީއެފްގެ ފަރާތުން. ހަ މީހެއް މި މައްސަލާގައި ހައްޔަރު ކޮށްފައިވޭ. އަދި 5.5 ކިލޯގެ ހެރޮއިންވެސް އަތުލާގަނެވިފައިވޭ." ސީޕީ ހަމީދު ވިދާޅުވެފައިވެ އެވެ

ސީޕީ އިތުރަށް ވިދާޅުވެފައި ވަނީ މި ލޯންޗަކީ ގދ. ތިނަދޫއިން އައްޑޫއަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަންވެސް ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް