ads
މާވެޔޮ މިސްކިތް--
މާވެޔޮ މިސްކިތް މާދަމާ ހުޅުވޭނެ ކަމަށް ބުނެވުނީ އޮޅިގެން: އިސްލާމިކް މިނިސްޓްރީ
މާވެޔޮ މިސްކިތް މާދަމާ ހުޅުވޭނެ ކަމަށް ބުނެވުނީ އޮޅިގެން ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މިއަދު ވަނީ އެތަން މާދަމާ ހުޅުވޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެކަމަކު، އެގޮތަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އަފްރާހް ވިދާޅުވި އެވެ. އެތަން ހުޅުވޭނެ ސީދާ ތާރީހު އަދި ކަނޑައެޅިފައި ނުވާކަން ފާހަގަކުރައްވަމުން އަފްރާހް ވިދާޅުވީ، އެތަން ހުޅުވުމަށްޓަކައި މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް އިމާރާތްކޮށް ނިންމާލާފައިވާއިރު އެތަނުގައި ނަމާދުކުރަން ފަށާނީ މާލޭގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލުމާއެކު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. 


އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މީގެ ކުރިން ވިދާޅުވެފައިވަނީ މިދިޔަ ރޯދަ މަހުގެ ކުރިން އެތަނުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރަން މަސައްކަތް ކުރިއަށްގެންދާ ކުންފުނިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މަސައްކަތް އެ މުއްދަތަށް ނުނިމުނު ކަމުގައި ފާހަގަކުރެއްވި އެވެ. 

ކުރިން މާވެޔޮ މިސްކިތަކީ 400 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެހެން ނަމަވެސް އަލަށް އިމާރާތް ކޮށްފައިވާ މާވެޔޮ މިސްކިތުގެ އިމާރާތަކީ 2000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް