ads
ގައުމީ ބެޑްމިންޓަން މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އެކުވެނި އިންޑޯ ބެޑްމިންޓަން ހޯލް މިއަދު ހުޅުވާލަނީ
ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން މެދު ކަނޑާލާފައި އޮތުމަށް ފަހު، ބެޑްމިންޓަން ކުޅޭ ފަރާތްތަކަށް އެކުވެނި އިންޑޯ ހޯލް މިއަދު ހުޅުވާލާނެއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނި ގޮތުގައި އެކުވެނި އިންޑޯ ހޯލް ހުޅުވާލާނީ ބެޑްމިންޓަން އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ ކްލަބު، ޖަމިއްޔާތަކާއި އަދި އާއްމު މެންބަރުންނަށް ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިއަދުން، ފެށިގެން އެ އެސޯސިއޭޝަނުގެ ޕޫލްތައް ފަރިތަކުރާ ގަޑިތައް ފިޔަވައި އެކުވެނި އިންޑޯ ހޯލް ހުޅުވާލާއިރު، ބެޑްމިންޓަން އެސޯސިއޭޝަނުންވަނީ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން، ޢިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި، މާސްކް ބޭނުންކުރުމުގެ އިތުރުން ސެނިޓައިޒަރ ބޭނުން ކޮށްގެން އަތްސާފު ކުރުމާއި ގިނަގިނައިން ބޭނުން ކުރާ ސާމާނު ޑިސްއިންފެކްޓް ކުރުން ފަދަ އިރުޝާދުތައްބަނީ ދީފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، ޝެޑިއުލް ކުރުމަށް އެދެންވާނީ، ޝެޑިއުލް ކުރަން އެދޭ ދުވަހުގެ އެއް ދުވަސް ކުރިން ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ލިބޭ ރިކްއެސްޓްތަކަށް ބަލައި، ޖެހިގެން އަންނަ ދުވަހުގެ ކޯޓް ޝެޑިއުލް ތައްޔާރުކޮށް އެސޯސިއޭޝަންގެ ވައިބަރ ކޮމިއުނިޓީއަށް އަދި ނޯޓިސް ބޯޑުގައި ޢާންމުކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް