ads
ބްރޫނޯ ފެނާންޑޭސް
ފެނާންޑޭސްގެ ގޯލްތަކުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް
ޕޯޗުގީސް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްގެ ދެ ގޯލާ އެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން ފަސޭހަ ކަމާއި އެކު ބްރައިޓަން ބަލިކޮށްފިއެވެ. މި މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ 3-0 ންނެވެ.

ބްރައިޓަން ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު ޔުނައިޓެޑް ޓޭބަލްގެ ފަސް ވަނައަށް އަރައި، ކުރީގައި އޮތް ހޗެލްސީއާ ދެމެދު އޮތް ފަރަގު ވަނީ ކުޑަކޮށްފައެވެ. ޔުނައިޓެޑަށް ބައްތިރީސް މެޗުން ފަންސާސް ދެ ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އެއް މެޗު މަދުން ކުޅެ ފަންސާސް ހަތަރު ޕޮއިންޓް ހޯދާފައިވެއެވެ. ރޭގެ މޮޅާއި އެކު ޔުނައިޓެޑުންވަނީ ބަލި ނުވެ ފަނަރަ މެޗު ހަމަކޮށްފައެވެ.

ރޭގެ މެޗުގައި ފެނާންޑޭސް ދެ ގޯލް ޖެހިއިރު އަނެއް ގޯލް ޖެހީ މޭސަން ގްރީންވުޑް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް