ads
ރައްޔިތުންގެ މަޖިލިސް--
އަނބި/ފިރިން ދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް ގަވައިދު އިސްލާހުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކޮށްފި އެވެ.

މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 62 މެމްބަރުންގެ ވޯޓުންނެވެ. ގަވައިދަށް ގެނެސްފައިވާ އިސްލާހާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ. 

މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ، މަޖިލީހުގެ މެމްބަރުން އަދި އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތަށް މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ތައްޔާރުކޮށް ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަމީން އާންމަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން ހުށަހަޅާ މެމްބަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިރު ކުރަންޖެހޭނެ ކަަމަށާއި، އެހެން ނަމަވެސް ޝާއިރު ކުރާނީ އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުގެ މަތިން ކަމަށް އިސްލާހުގައި ވެއެވެ. 

މިގޮތުން މަޖިލީހުގެ މެމްބަރުން ހުށަހަޅާ މާލީ ބަޔާންތައް އަމީން އާންމު އޮޑިޓާ ޖެނެރަލަށް ހިއްސާ ކުރަންޖެހޭނެ ކަމަށާއި، އަދި އެ މައުލޫމާތު ކަމާގުޅޭ އެހެން ފަރާތްތަކުން ބޭނުންވާނަމަ އޮޑިޓާ ޖެނެރަލްގެ ފަރާތުން އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. 

މެމްބަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިރު ކުރަންޖެހޭއިރު އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ޝާއިރު ނުކުރާ ގޮތަށް ކަނޑައެޅުމުން ގިނަ ފަރާތްތަކަކުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ނުރުހުން ފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް