ads
އެފްއޭގެ ރައީސް ބައްސާމް އަދި ޖީއެސް ޖަވާޒް
އެފްއޭއެމްގެ އިންތިޚާބު ކުއްލި އަކަށް މާދަމާ؟؟
އެފްއޭއެމްގެ އިންތިޚާބު ކުއްލިއަކަށް މާދަމާ ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފިއެވެ. އެހެންނަމަވެސް އެފްއޭއެމުން މިހާތަނަށް އެކަން އާއްމުކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ކުއްލިއަކަށް އެފްއޭއެމްގެ އިންތިޚާބު ބާއްވަން ނިންމިކަން އެ އިދާރާއިން އަދި މިހާތަނަށް އިއުލާންކޮށްފައި ނުވިނަމަވެސް، ފީފާގެ ފީފާގެ ޗީފް މެމްބާ އެސޯސިއޭޝަންސް އޮފިސަރު ވެރޮން މޮސެންގޯ-އޮމްބާ މިއަދު އެފްއޭއެމަށް ފޮނުވި ސިޓީއެއްގައި، ކުރިންވެސް ޕްލޭން ކޮށްފައިވާ ގޮތަށް މާދަމާ އިންތިޚާބު އޮންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައިވާތީއެވެ. މި ސިޓީ އާއްމުކޮށްފައިވަނީ އެފްއޭއެމްގެ މީޑިއާ ވަޓްސްއަޕް ގްރޫޕުގައި އެ އިދާރާގެ އިސް އިދާރީ މުވައްފެކެވެ. 

your imageފީފާގެ ސިޓީ

އެ ސިޓީގައި މާދަމާ އިންތިޚާބު އޮންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވެފައިވާއިރު، މިހާތަނަށް މާދަމާ އިންތިޚާބު އޮންނާނެ ކަން އިއުލާންކޮށްފައެއް ނުވެއެވެ. އަދި މީޑިއާއަކަށްވެސް ކްލަބުތަކަށްވެސް މާދަމާގެ އިންތިޚާބުގެ ދައުވަތުވެސް ފޮނުވާފައެއް ނުވެއެވެ. އިންތިޚާބު އޮންނަ އިރެއް، އޮންނަ ތަނެއްވެސް މިހާތަނަށް އާއްމުކޮށްފައެއް ނުވެއެވެ.

އިއުލާންވެސް ނުކޮށް، ކުއްލިއަކަށް އެފްއޭއެމްގެ އިންތިޚާބު ބާއްވަން ނިންމާފައިވާކަން މި ހާމަވީ، އެފްއޭއެމުން އެ އިދާރާގެ ގަވައިދުތަކާ އެއް ގޮތަށް އަމަލުކުރަމުން ނުދާތީ، އެފްއޭއެމާއި މެދު ފިޔަވަޅު އެޅުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީއަށް އަންގައި، އިންތިޚާބު ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅާފައިވަނިކޮށެވެ.

ދައުރު ހަމަވުމުގެ އެތައް ދުވަހެއް ކުރިން، އެފްއޭއެމުން އެންމެ ފުރަތަމަ އިންތިޚާބު ބާއްވަން މަސައްކަތް ކުރީ މިދިޔަ މާރިޗު މަހުގެ ވިހިވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ ދުވަހު އިންތިޚާބު ނުބޭއްވުމުން ދެން އެފްއޭއެމުން އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި ބައްސާމް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް