ads
ޕޮލިސް އޯފިސަރެއް --
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މާލެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން، މާލެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީސީސީއާރު) އާއި މީރާ ގުޅިގެން މާލެ ސަރަހައްދުގައި ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. 

އެގޮތުން ބަލާފާސްކުރުމުގެ އެ އޮޕަރޭޝަންގެ ދަށުން މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލާއި ފާސްކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ވަނީ އެކަމާއި ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނީ އޭސީސީން ކަމަށް ބުނެފަ އެވެ. އެގޮތުން ތަފްސީލު ހޯދާލުމަށް އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކަށް ގުޅާލުމުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މިހާރު ތަންތަން ބަލާއި ފާސްކުރުމުގެ އޮޕަރޭޝަން ފެށިފައިވާ ކަމަށެވެ. 

އެކަމަކު މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި ބައިވެރިވަނީ މީރާ ފިޔަވައި ހުރިހާ ތަނަކުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު މިވަގުތަށް ދެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން މީގެ ކުރިން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބޮޑެތި ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް