ads
އިޝްގްބާޒްގެ ތަރި އަދިތީއަށް ކޮވިޑް-19 ޖެހިއްޖެ
އިޝްގްބާޒުގެ އެކްޓަރު، އަދިތީ ގުޕްތާ ޗޯޕްރާއަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި އަދިތީ ބުނީ އޭނާއަށް އެއްޗެހި ވަސް ރަނގަޅަށް ނޭނގޭ ވަރުވުމުން އަމިއްލައަށް ކަރަންޓީންވެ ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. 

އެގޮތުން މިހާރު އަމިއްލައަށް އެކަހެރިވިތާ ހަފުތާއެއްހާ ދުވަސްވެދާނެ ކަމަށް ބުންޏެވެ. 

އަދިތީ ބުނީ އޭނާގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށާއި އިތުރު 10 ދުވަސްވަންދެން އޭނާ ކަރަންޓީންވާނެ ކަމަށެވެ. އެގޮތުން ރަނގަޅަށް ކައި، ބޭސް ކައި ހެދުމުން ރަނގަޅުވެގެން އާންމުންގެ ތެެރެއަށް ނިިކުމެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ. 

އޭނާ ވަނީ ބަލި ޖެހުމުން ބިރުގަތް ނަމަވެސް އިތުރަށް ކަންބޮޑުނުވާނެ ގޮތަށް އުޅުމަށް އޭނާ މަަސައްކަތްކުރާ ކަމަށް ވެސް ބުނެފަ އެވެ. 

އަދިތީއަށް ބަލި ޖެހުނުއިރު ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީގެ ރޯލުން ފެނިގެންދާ ތަރި، މޮހެނާ ކުމާރީއަށް ވެސް ކޮވިޑް ޖެހިފައިވެ އެވެ. އޭނާ ވެސް އަދި ރަނގަޅެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް