ads
ބިދޭސީންގެ ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑް-19 ޖެހިގެން 11 ވަނަ މީހަކު މަރުވެއްޖެ
މަރުވެފައި ވަނީ އިންޑޮނޭޝިއާ މީހެއް
ރޭ ވެސް ވަނީ ދިވެއްސަކު އެ ބަލީގައި މަރުވެފައި
ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ މިހާރު 2400 އަށް އަރާފައި
ކޮވިޑް-19 ޖެހިގެން ރާއްޖެއިން 11 ވަނަ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 9:47 ގައި މަރުވެފައި ވަނީ 39 އަހަރުގެ އިންޑޮނޭޝިއާއަށް ނިސްބަތްވާ މީހެއް ކަމަށެވެ. 

މިއާއެކު ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު 11 އަށް އަރާފައިވާއިރު ރޭ ދަންވަރު ވެސް އެ ބަލީގައި ވަނީ މީހަކު މަރުވެފަ އެވެ. 

އެގޮތުން ރޭ މަރުވެފައި ވަނީ 92 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދިން މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް