ads
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރެއިޝް
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރެއިޝް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހުކުރު ދުވަހު މިނިސްޓަރު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެމަނިކުފާނު ހުން އައުމުން ކޮވިޑް-19 އަށް ޓެސްޓުކޮށް ބެލިއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިހާރު އެމަނިކުފާނު ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށާއި، ގޭގައި ހުރެގެންވެސް އެމަނިކުފާނުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ﷲގެ އިރާދުފުޅާ އެކު ހާލު ރަނގަޅު ކަމަށެވެ. އަދި ދުއާ ކޮށްދިނުމަށް ވެސް މިނިސްޓަރު ވަނީ ޓްވީޓުވައު އެދިވަޑައިގެންފަ އެވެ. 

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިތުރުން އެ ގައުމުގެ މިނިސްޓަރު އޮފް ރެއިލްވޭސް ޝެއިހް ރަޝީދު އަދި އެގައުމުގެ މަޖިލީހުގެ ލޯވާ ހައުސްގެ ރައީސް އައްސަދު ގައިސަރު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

ޕާކިސްތާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 221,000 އަށް ވުރެ މައްޗަށް އަރާފަ އެވެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 4,451 މީހުން ވަނީ މަރުވެފަ އެވެ. ޕާކިސްތާނުން ކޮވިޑް-19 އަށް މީހުން ޓެސްޓު ކުރެވޭވަރު މަދުވެފައި ވީނަމަވެސް ކޮންމެ ދުވަހަކު ވެސް ގާތްގަޑަކަށް 4،000 މީހުން ދަނީ ބައްޔަށް ޕޮޒިޓިވްވަމުން އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް