ads
އައިޖީއެމްއެޗްގެ ނަރުހުން---ފޮޓޯ:ރާއްޖެއެމްވީ
އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަލި މީހުން ވެއްދުން މަޑުޖައްސާލައިފި
އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ޕޭޝެންޓުންތަކެއް ކޮވިޑަށް ފޮޒިޓިވްވުމާއި ގުޅިގެން އައިސީޔޫއަށް ބަލި މީހުން މެދުކަނޑާލައިފި އެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗްއިން މިއަދު ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ ކެންސަރަށް ފަރުވާ ދެނިކޮށް މަރުވި އިންޑޮނޭޝިއާގެ 39 އަހަރުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އައިސީޔޫގައި އޭރު ތިބި ހުރިހާ ބަލި މީހުންގެ ތެރެއިން އެހެން ވޯޑަކަށް ބަދަލުކުރި މީހަކު ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި އައިސީޔޫގައި އޭރު ފަރުވާ ދެމުން ގެންދިޔަ ދެ ޕޭޝަންޓުގެ އިތުރުން ނަރުހެއް ރޭގެ ވަގުތެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިއީ އައިޖީއެމްއެޗުގެ ތެރޭގައި މަސައްކަތުގައި އުޅެނިކޮށް ނަރުހުންތަކެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށް ވީރު، މިކޭސްއާއި ގުޅިގެން އެ ހޮސްޕިޓަލުން ބައެއް އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

މިގޮތުން ރައްކާތެރިވުމުގެ ގޮތުން އިތުރަށް އެޅި ފިޔަވަޅެއްގެ ގޮތުން މިވަގުތު ޕޭޝެންޓުން އައިސީޔޫއަށް ވެއްދުން މަޑުޖައްސާލާފައިވާ ކަމަށާއި އައިސީޔޫގައި ދެމުން އަންނަ ފަރުވާ ހޮސްޕިޓަލްގެ އެހެން ތަނެއްގައި ދެވޭނެ އިިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ސީއެންއެމްއަށް މައުލޫމާތުދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުން ފާހަގަވި ބައެއް މުވައްޒަފުން އެކަހެރިކޮށްފައި ވާކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަހެރިކޮށްފައިވާ މުވައްޒަފުންގެ އަދަދު މީޑިޔާ އޮފިޝަލް ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް