ads
އައިޖީއެމްއެޗް---
އައިޖީއެމްއެޗްގެ އިތުރު މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ އިތުރު މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ އިތުރު މުވައްޒަފެއް ކޮވިޑް-19 އަށް ޕޮސިޓިވްވެ، ހަތަރު މުވައްޒަފަކަށް މިހާރު ޑީއެޗް11 ގައި ފަރުވާ ދެވެމުން ދާކަމަށެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް، ތަސްލީމާ އުސްމާން ސީއެންއެމްއަށް ވިދާޅުވީ އައިޖީއެމްއެޗުގެ ތިން ނަރުހަކާއި ދެ ޕޭޝަންޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އަައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ ހަތަރު މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ އައިސީޔޫގައި ކެންސަރަށް ފަރުވާ ދެނިކޮށް މަރުވި އިންޑޮނޭޝިއާގެ 39 އަހަރުގެ މީހާއަށް ފަރުވާ ދެމުން ގެންދިޔަ ތިން ނަރުހެކެވެ. ހަތަރު ވަނަ މުވައްޒަފަކީ ނަރުހެއް ކަމެއް ނުވަތަ ޑޮކްޓަރެއްކަމެއް މީޑިޔާ އޮފިޝަލް ހާމަކޮށްފައެއް ނުވެއެވެ.

އެއާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 2410 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް މިހާރު ފަރުވާދެވެމުން ދަނީ 419 މީހަކަށެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 1976 މީހަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް