ads
އިންޑިއާގެ ދިއްލީގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލް
ކޮވިޑް-19 އަށް ފަރުވާދޭން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް އިންޑިއާގައި
އިންޑިއާގައި ކޮވިޑް-19 އަށް ފަރުވާދޭން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ގާއިމްކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ވާގޮތުން، ދަ ސަރްދާރް ޕެޓަލް ކޮވިޑް ކެއާ ސެންޓަރު ގައި 10،000 އެނދުގެ ޖާގަ ހުންނާނެ އެވެ. އޭގެތެރެއިން 2،000 އެނދު އާދިއްތަ ދުވަހުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. ބާކީ އިން 8،000 އެނދު ބުދަ ދުވަހުން ފެށިގެން ބޭނުން ކުރަންފަށާނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެ އެވެ. 

އެ ހޮސްޕިޓަލްގައި ބޭނުން ކުރާނީ ކާޑްބޯޑުން ހަދާފައިވާ އެނދުތަކެކެވެ. ކާޑްބޯޑް އެނދުތަކުގެ ޑިޒައިން ކުރި ވިކްރަމް ދާވަން ވަނީ މި އެނދުތަކަށް 300 ކިލޯގްރާމް ހިފޭއްޓޭނެ ކަމަށް ބުނެފަ އެވެ. އަދި އެނދުތައް ވޯޓާ ޕްރޫފް ކުރުމުގެ ގޮތުން އެނދުތަކަށް ކެމިކަލް ޖަހާފައި ވާނެ ކަމަށް ވެސް ވިކްރަމް ބުނެއެވެ.  

އިންޑިޔާގެ ހޯމް މިނިސްޓަރު އަމިތްޝާހް އަދި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވަލް އާދިއްތަ ދުވަހު އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައިވާ އިރު، ހޯމް މިނިސްޓަރު ވަނީ އެ ހޮސްޕިޓަލުން ދިއްލީގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.  

ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓިވް އޮޕަރޭޝަންތައް ކުރިއަށް ގެންދާނީ އިންޑިއާގެ ބޯޑާ ޕެޓްރޯލް ޕޮލިހުންނ ކަމަށާއި މި ދަނޑިވަޅުގައި ގައުމަށްޓަކައި އެމީހުން ކުރާ މަސައްކަތްތަކަށް މިނިސްޓަރު ޝާހް ވަނީ ތައުރީފު ކުރައްވާފައެވެ. 

އިންޑިއާ އިން ކޮވިޑް-19 ގެ 19،906 އާ ކޭސް ވަނީ ފެނިފަ އެވެ. މި ކޭސް ތަކާއި އެކު އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 528،859 އަކަށް އަރާފަ އެވެ. އެގައުމުގެ މަހަރަޝްޓްރާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، އެ ގައުމުގެ ވެރިކަން ކުރާ ސިޓީ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ވުރެ ގިނަ އެވެ. މަހަރަޝްޓްރާ އިން 159،133 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

އިންޑިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 16،095 އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް