ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
އައިޖީއެމްއެޗުގެ ތެރެއިން ބަޔަކަށް ކޮވިޑް ޖެހުމުން ހިދުމަ ދޭ ގޮތަށް ބަދަލުތަކެއް
ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގެ ތެރެއިން ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެ ހޮސްޕިޓަލުން ލޮކްޑައުނުގެ ތިންވަނަ މަރުހަލާގައި ހިދުމަތްދެމުން އައި ގޮތަށް ބަދަލުތަކެއް ގެނެސްފި އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ޖުލައި ދެވަނަ ދުވަހު، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް މަރުވި އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ ބަލި މީހާ، ކޮވިޑް-19 އަށް ޕޮޒިިޓިވްވުމާއި ގުޅިގެން، ހޮސްޕިޓަލުގެ ތެރެއިން އިތުރު ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން މިދަނޑިވަޅުގައި ލޮކްޑައުނުގެ ތިން ވަނަ ފިޔަވަހީގެ ދެމުން އައި ހިދުމަތްތައް އަލުން ދެވަނަ ފިޔަވަހީގައި ހިދުމަތް ދެމުން އައި ގޮތަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އެގޮތުން ވަކި ގޮތެއް އަންގަންދެން އެ ހޮސްޕިޓަލުން އަމަލުކުރަމުންދާނީ ކުރިން ދާނީ ދެވަނަ ފިޔަވަހީގައި ދިން ލުއިތަކާއި އެއްގޮތަށްކަން ފާހަގަކުރަމުން އައިޖީއެމްއެޗުގެ ބަޔާނުގައި ބުނީ، އެގޮތުން އޯޕީޑީ ހިދުމަތްތައް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތްތައް ވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އޯޕީޑީއަށް އޮޕޮއިންޓްމަންޓް ހެދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ބަދަލުގައި އޮޕޮއިންޓްމަންޓް ހެދޭނީ ބަލި މީހާ ދައްކަންޖެހޭ ޑިޕާޓްމަންޓެއްގެ ހާއްސަ ޑޮކްޓަރަށް ކަމަށާއި ވޯޑްތަކުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތް ކުރުން މަނާކޮށް "ވިޒިޓިން އަވާސް" ވެސް ހުއްޓާލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

ވޯޑްތަކުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުން ކައިރީގައި މަޑުކުރެވޭނީ އެންމެ އެހީތެރިއަކަށްކަމަށާއި ބަލިވެގެން ޑޮކްޓަރަށް ދައްކަން ނޫންގޮތަކަށް ކުޑަކުދިން ހޮސްޕިޓަލަށް ނުގެަނއުމަށް ވެސް އައިޖީއެމްއެޗުން ވަނީ އަންގާފަ އެވެ. އަދި  ހޮސްޕިޓަލަށް ވަންނަ ފަރާތްތައް ހުމާއި ރޯގާ ފަދަ ކޮވިޑްގެ އަލާމާތްތަކަށް ސްކްރީންކުރުމަށާއި ދުރާލާ ރޭވިގެން ކުރިއައްގެންދިއުމަށް ހަމަޖެހިފައިވާ (ރޫޓިން) އޮޕަރޭޝަންތައް ވެސް މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. 

އަދި ކޮމިއުނިޓީ ސްޕްރެޑްގެ ފުރުސަތު އަދިވެސް އޮތް މިދަނޑިވަޅުގައި ހޮސްޕިޓަލުގެ ތެރޭގައި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި، އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށާއި ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށް ވެސް ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ. 

މަރުވި އިންޑޮނޭޝިއާ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވުމާއި ގުޅިގެން އައިޖީއެމްއެޗުން ވަނީ އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި މުވައްޒަފުން އެކަހެރިކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ފަށާފަ އެވެ. އަދި ޓެސްޓު ކުރުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިވާ ކަމަށާއި މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހަތަރު މުވައްޒަފުން ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް