ads
ފޮޓޯ:މޯލްޑިވިއަން
ލަންކާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓެއް
ސްރީލަންކާގެ ދިވެހިން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ތާވާލުކޮށްފި އެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކޮލޮމްބޯ އިން މާލެ އަށް ފްލައިޓް ތާވާލުކޮށްފައި ވަނީ ޖުލައި އަށް ވަނަ ދުވަހަށް ކަމަށެވެ. 

އެ ފްލައިޓުން ރާއްޖެ އަންނަ ބޭނުންވާ ފަރާތްތަކަށް ޓިކެޓު ގަތުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، މިކަމާ ގުޅޭ އިތުރު މައުލޫމާތު މޯލްޑިވިއަންގެ ނަންބަރު 3335544 އަށް ގުޅުމުން ނުވަތަ ވައިބާ ކުރުމުން ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

އޭގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓުގައި އަނބުރާ ގައުމަށް އަންނަން ބޭނުންވާ މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިން ތަކާއި އެއްގޮތަށް އަމަލުކޮށް ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ. 

މީގެ ކުރިން ވެސް މޯލްޑިވިއަން އިން ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ނާދެވި، އެކި ގައުމުތަކުގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ދިވެހިން ގެނައުމަށް ހާއްސަ ފްލައިޓްތައް ބާއްވައި، 4،000 އަށް ވުރެ ގިނަ ދިވެހިން އަނބުރާ ގައުމަށް ގެނެސްފަ އެވެ. 

ރާއްޖެ އިން ބޭރުގައި ތިބި ދިވެހިން އަނބުރާ ގެނައުމުގެ އިތުރުން މޯލްޑިވިއަން އިން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުމުގެ މަސައްކަތް ވެސް ކުރަމުން ނެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް އެކުންފުނިން ވަނީ 1،000 އެއްހާ ބަންގްލަދޭޝް މީހުން އެ ގައުމަށް ގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް