ads
އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާ ބިދޭސީންތަކެއް-- ފޮޓޯ: އެމްޕީއެލް
މިއަދުން ފެށިގެން ވިސާ ފީ ބަލައިގަންނާނީ އޮންލައިންކޮށް
އޮންލައިންކޮށް ވިސާ ފީ ބަލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަންއިން ނިންމައިފި އެވެ.

އިމިގްރޭޝަން އިން ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ވިސާ ފީ ބަލައިގަންނާނީ އޮންލައިންކޮށް ކަމަށެވެ.

އޮންލައިންކޮށް ވިސާ ފީ ބަލައިގަންނަން ނިންމާފައި މިވަނީ ކޮވިޑް-19 އިތުރަށް ފެތުރުނަނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ. 

އިމިގްރޭޝަނުން އިތުރަށް ބުނި ގޮތުގައި އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތެއް ވެސް ފޯރުކޮށްދެމުންދާނީ އޮންލައިންކޮށެވެ.

އިމިގްރޭޝަނުން އޮންލައިންކޮށް ވިސާ ފީ ބަލައިގަންނަން ފެށިއިރު މީގެ ކުރިން ވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމާއެކު މެއި މަހުގެ ތެރޭގައި ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުގެ ވިސާ ފީގެ ޖޫރިމަނާ ވެސް ދައްކަން ނުޖެހޭ ގޮތަށް ހަދާފަ އެވެ.

މިއަދުން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ހިދުމަތް ދޭން ފަށާފައިވާއިރު މި މުއްދަތުގައި ވެސް ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެންހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިދާރާތަކަށް އަންގަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް