ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
އައިޖީއެމްއެޗުން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ދެ މީހެއްގެ އިތުރުން ގެއަށް ދޫކޮށްލި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އައިޖީއެމްއެޗުން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިއަދު ވެސް އިތުރު ޓެސްޓްތަކެއް ހަދާފައިވާ ކަމަށެވެ. 

އެގޮތުން ހެދުނު ޓެސްޓްތަކުގެ ތެރެއިން ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ވަރަށް ފަހުން ހޮސްޕިޓަލުން ޑިސްޗާޖުކުރެވުނު ދެ މީހަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، މިހާތަނަށް ހަ މުވައްޒަފެއްގެ އިތުރުން ހަތް ޕޭޝަންޓުންނާއި ދެ އެހީތެރިން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އެގޮތުން، އައިޖީއެމްއެޗުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިއަދު މެންދުރުގެ ނިޔަލަށް 308 ސާމްޕަލް ވަނީ ނަގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް