ads
ޕްރިޔަންކާ ޗޯޕްރާ--
ޕްރިޔަންކާގެ 20 އަހަރުގެ ބޮލީވުޑުގެ ކެރިއަރު ހަތް މިނެޓުގެ ވީޑިއޯއަކުން!
މަޝްހޫރު ތަރި، ޕްރިޔަންކާ ޗޯޕްރާ، ބޮލީވުޑުގައި މަސައްކަތްކުރާތާ 20 އަހަރުވުމުން އެކަމުގެ އުފަލުގައި ހަތް މިނެޓުގެ ވީޑިއޯއެއް ނެރެފި އެވެ.

އެ ވީޑިއޯ އިން ފެނިގެންދަނީ އެ ވިހި އަހަރުގައި އޭނާއަށް ލިބުނު މުހިއްމު އެވޯޑުތަކާއި މަސައްކަތްކުރި ބައެއް މުހިއްމު ފިލްމުތަކުގެ މަންޒަރުތަކެވެ. އަދި އޭނާއަކީ އެއާ ކްރާފްޓް އިންޖީނިއަރަކަށް ވުމުގެ އުއްމީދުގައި ހުރި ޒުވާނެއް ނަމަވެސް އެންމެ ފަހުން އާދެވުނީ ފިލްމީ ދާއިރާއަށް ކަމަށް ބުނެ އެވެ. 

އެ ވީޑިއޯގައި ޕްރިޔަންކާގެ ބައްޕަ، ބައިވެރިވި ބައެއް މުހިއްމު ހަފުލާތައް ވެސް ފެނިގެންދެ އެވެ. 

އަދި އޭނާ މަސައްކަތް ކުރި މެގެޒިންތަކާއި ކުޑަކުދިންގެ ހައްގުގައި އޭނާ ޔުނިސެފާ ގުޅިގެން ކުރަމުންދާ ކަންކަން ފާހަގަކުރެ އެވެ. އޭގެ އިތުރުން ވެސް އޭނާގެ ދިރިއުޅުމުގެ މުހިއްމު ވަގުތުތަކުގެ މަންޒަރު އެ ވީޑިއޯ އިން ފެނިގެންދެ އެވެެ. 

އުމުރުން މިހާރު 37 އަހަރުގެ ޕްރިޔަންކާ ބޮލީވުޑަށް ނިކުތީ 2003 ވަނަ އަހަރު، ނެރުނު ފިލްމު "ދަ ހީރޯ" އިންނެވެ. ދެހާސް ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު އުފުލާލި ޕްރިޔަންކާއަކީ މިއަދު އެންމެ ބޮޑު އާމްދަނީ ލިބޭ ތަރިންގެ ތެރެއިން ތަރި އެކެވެ. އޭނާ އަންނަނީ މިހާރު ހޮލީވުޑުގައި ވެސް މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް